Advertisement

ފްރާންސްގެ ވަރުގަދަ ކްލަބް ބޯޑޯ ބަނގުރޫޓުވެއްޖެ

28 ޖުލައި 2024 - 14:03 0

ބޯޑޯގެ ކުރީގެ ކުޅުންތެރިޔާ ޒިދާން، ދާދި ފަހުން އެ ކްލަބުން ރޭވި އެގްޒިބިޝަން މެޗެއްގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


ފްރާންސްގެ ވަރުގަދަ ކްލަބް ބޯޑޯ ބަނގުރޫޓުވެއްޖެ

28 ޖުލައި 2024 - 14:03 0

ޕެރިސް (ޖުލައި 28) - ފްރާންސްގެ ވަރުގަދަ ކްލަބް، ބޯޑޯ އިން އެ ކްލަބްގެ މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، ކްލަބް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުން، ކްލަބް ބަނގުރޫޓްވެފައިވާ ހާލަތު އިއުލާނުކޮށްފި އެވެ.

ބޯޑޯގެ މާލީ ހާލަތު ރަނގަޅުކޮށް، ކްލަބް ހިންގޭތޯ އެންމެ ފަހުން މަޝްވަރާކުރީ، ލިވަޕޫލް ހިންގަމުން އަންނަ، ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)އާ އެވެ.

އެކަމަކު، އެފްއެސްޖީން އެ ޑީލް ކުރިއަށް ނުގެންދަން ނިންމުމުން، 104 އަހަރުވެފައިވާ ކްލަބް، ބޯޑޯ އިން އިތުރު ގޮތެއް ނެތިގެން ޕްރޮފެޝަނަލްކޮށް ކްލަބް ހިންގެން ނެތްކަން އިއުލާނުކުރީ އެވެ.

ބޯޑޯ އިން މިހާރު ވަނީ، ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ބޯޑޯ ލީގު 2 އިން ތިން ވަނަ ޑިވިޝަން (ނެޝަނަލް 1) އަށް ރެލިގޭޓްކުރަން، ނިންމާފައިވާ ނިންމުމާ ދެކޮޅަށް އެޕީލްކުރަން ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންގޮސްފަ އެވެ.

ބޯޑޯގެ ކުރީގެ ވެރިންނާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެެރެއިން،---


ފްރާންސްގެ ފުޓްބޯޅައިގެ ހަރަދުތަކުގެ ކަންކަން ތަހުގީގުކުރާ، ޑީއެންސީޖީން ވަނީ ބޯޑޯގެ މާލީ ކަންކަން އިންތިހާ އަށް ދަށަށް ގޮސްފައިވާކަން މީގެ އަހަރެން ކުރިން އަންގައިފަ އެވެ. އެކަމަކު، އެ ކްލަބަށް ކަންކަން ރަނގަޅުކުރަން އެކަށީގެންވާ ފިޔަވަޅެއް އެޅޭގޮތެއްނުވި އެވެ.

ބޯޑޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްލަބްގެ ކަންކަން ރަނގަޅުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

ފްރާންސްގެ ޗެމްޕިއަންކަން، ހަ ފަހަރު ހޯދާފައިވާ ބޯޑޯ އަކީ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް، ޒިނެދިން ޒިދާން އާއި ބިސެންޓޭ ލިޒަރާޒޫ ފަދަ ކުޅުންތެރިން ކުޅެފައިވާ ޓީމެކެވެ. އަދި ފަހުގެ ކުުޅުންތެރިންނަށް ބަލާއިރު، ބާސެލޯނާގެ ޖޫލްސް ކޫންޑޭ އާއި ރެއާލް މެޑްރިޑްގެ އައުރެލިއަން ޗުއަމެނީ ވެސް ވަނީ ބޯޑޯ އަށް ކުޅެފަ އެވެ.