Advertisement

ފުލުހުންނާއި އިމިގްރޭޝަން ރެއިޑުތައް؛ ހަތަރު ތަނެއް ބަލައިފާސްކޮށް 16 ބިދޭސީން އަތުލައިގެންފި

26 ޖުލައި 2024 - 14:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބިދޭސީންތަކަކާ ސުވާލުކުރަނީ: މިހާރުގެ ސިޔާސަތަކީ ލިޔެކިޔުން ނެތް ނަމަ އިތުރު ފުރުސަތެއް ނުދީ ފޮނުވާލުން - ފޮޓޯ: އިމިގްރޭޝަން


ފުލުހުންނާއި އިމިގްރޭޝަން ރެއިޑުތައް؛ ހަތަރު ތަނެއް ބަލައިފާސްކޮށް 16 ބިދޭސީން އަތުލައިގެންފި

26 ޖުލައި 2024 - 14:05 0

ގަވާއިދާ ހިލާފަށް ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށައިގެން ހުޅޭ ހާއްސަ އޮޕަރޭޝަނުގެ ދަށުން އިއްޔެ މާލޭގެ ހަތަރު ތަނެއް ރެއިޑުކޮށް 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންދިޔަ ކަމަށް ބުނި ނަމަވެސް، އެއީ ކޮންތަންތަނެއް ބަލައިފާސްކުރުމަށް ފަހު ގެންދިޔަ ބަޔެއް ކަމެއް ފުލުހުން މީޑިއާތަކުގައި ހިއްސާކުރި މެސެޖުގައި ނުބުނެ އެވެ.

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މިގޮތަށް އަތުލައިގަންނަ ހުރިހާ ބިދޭސީން، ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ނުދީ 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓުކުރުމެވެ. އެގޮތުން ވޭތުވީ ދެ ތިން މަސް ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލާފައިވާ ކަމަށް އިިމިގްރޭޝަނުން ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު، އެފަދަ މީހުންގެ މައްސަލަތައް އޮންލައިންކޮށް ރިޕޯޓު ކުރެވޭ ހާއްސަ ޕްލެޓްފޯމެއް ވެސް އިމިގްރޭޝަނުން ވަނީ ތައާރަފުކޮށްފަ އެވެ.

"އިމިގްރޭޝަން ވޮޗް" ގެ ނަންދެވިފައިވާ މި ޕްލެޓްފޯމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. ހަމައެހެންމެ، ސޯޝަލް މީޑިއާ އާއި އެހެނިހެން ޒަރިއްޔާތަކުން ވެސް މިކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި އޮޕަރޭޝަނުގައި ހާއްސަ އިސްކަމެއް ދެނީ، ދިވެހިންގެ ނިވަލުގައި ތިބެ ބިދޭސީން ހިންގާ ވިޔަފާރިތަކަށެވެ.

ސަރުކާރުން ބުނަނީ މިހާރު ކުރެވޭ މަސައްކަތްތަކާ އެކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ތިން އަހަރުގެ ތެރޭގައި މިކަން ހައްލުކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.