Advertisement

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އައިސް ސްޕޯޓްސްއިން ބެލޭނެ

26 ޖުލައި 2024 - 13:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޮލިމްޕިކްސްގައި ބައިވެރިވޭ ދިވެހި އެތުލީޓުން: މިފަހަރު ރާއްޖޭގެ ފަސް އެތުލީޓުން އޮލިމްޕިކްސްގައި ވާދަކުރޭ -- ފޮޓޯ: މީޑިއާނެޓް


ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އައިސް ސްޕޯޓްސްއިން ބެލޭނެ

26 ޖުލައި 2024 - 13:36 0

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ޕެރިސް އޮލިމްޕިކްސް 2024 ގެ ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ އައިސް ސްޕޯޓްސް (CH102) އިން ބެލޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރާއްޖެ ގަޑިން ރޭގަނޑު 10:15 އެވެ. މި ރަސްމިއްޔާތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވެ އެވެ.

އެގޮތުން މި ގޭމްސްގައި ވާދަކުރާ އެތުލީޓުން ތައާރަފްވުމަށް ސްޓޭޑިއަމަށް ދިޔުމަށް ހަމަޖެހިފައިވަނީ ސެއިން ރިވާއިން ބޯޓެއްގަ އެވެ. އަދި ރަސްމިއްޔާތުގެ ތެރެއިން ފްރާންސްގެ އެކި ސަގާފަތާއި ކުޅިވަރުތައް ފެނިގެންދާނެ އެވެ.

އޮލިމްޕިކްސްގައި ރާއްޖެއިން ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސްގައި ވާދަކުރެ އެވެ. މި ކުޅިވަރުތަކުގައި ވާދަކުރަން ރާއްޖެއިން ފަސް އެތުލީޓުން ދިޔަ އެވެ.

ރާއްޖޭގެ ދިދަ އުފުލުގެ ޝަރަފު ގޭމްސްގައި ލިބުނީ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އިބާދުﷲ އާދަމްއަށެވެ.

މި ރަސްމިއްޔާތުގައި ބައެއް ޓީމުތަކާއި އިންތިޒާމުކުރާ މީހުން ވާހަކަދެއްކުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި ވަރަށް ހާއްސަ ގިނަ ކަންކަން އަދި "ސަޕްރައިޒްތައް" ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.