Advertisement

ބިދޭސީންގެ ފީގެ ގޮތުގައި ހާހެއްހާ ކުންފުނިން 636 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި

25 ޖުލައި 2024 - 05:20 1

އަހުމަދު ސައީދު

އ

Advertisement

ބިދޭސީން ތަކެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ: ހަ ކުންފުންޏަކުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް -- އަދަދު ފައިލް ފޮޓޯ


ބިދޭސީންގެ ފީގެ ގޮތުގައި ހާހެއްހާ ކުންފުނިން 636 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި

25 ޖުލައި 2024 - 05:20 1

Advertisement

Advertisement

ބިދޭސީންނާއި ގުޅިގެން ދައްކަން ޖެހޭ ފީގެ ގޮތުގައި ޖުމްލަ 636.5 މިލިއަނަށްވުރެ ރުފިޔާ، ނުދައްކާ ހުރި 1،026 ކުންފުނީގެ ލިސްޓް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ރޭގައި އާންމު ކޮށްފި އެވެ.

މިނިސްޓްރީން އިއްޔެ އާންމު ކުރި ލިސްޓުގައި ހިމެނެނީ، މިދިޔަ އަންގާރަ ދުވަހާ ހަމައަށް އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި ފަރާތްތަކުގެ ނަމެވެ.

Advertisement

މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އެބަ އޮތެވެ.

އެންމެ ގިނަ ފައިސާ ނުދައްކާ 10 ކުންފުނި

  1. ފުޓްސަން އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑް: 26.8 މިލިއަން ރުފިޔާ
  2. އެޑްވާންސް ގޯ ކޮންޓްސްރަކްޝަން: 14.8 މިލިއަން ރުފިޔާ
  3. ބްރައުން ބިލްޑާސް: 14.5 މިލިއަން ރުފިޔާ
  4. ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން: 12.6 މިލިއަން ރުފިޔާ
  5. ޓިއުމެރިކް ޕްރައިވެޓް ލިމިޑެޓް: 11.9 މިލިއަން ރުފިޔާ
  6. ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: 11.1 މިލިއަން ރުފިޔާ
  7. ކްއާޓާ ޕަވާ ޕްރައިވެޓް ލިމިޑެޓް: 9.1 މިލިއަން ރުފިޔާ
  8. ވައިޓް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް: 8.6 މިލިއަން ރުފިޔާ
  9. އެސްއެސްބީ އީކޯ ހޯލްޑިންގްސް: 7.9 މިލިއަން ރުފިޔާ
  10. އައިލެންޑް އެކްސްޕާޓް: 7.3 މިލިއަން ރުފިޔާ

Advertisement

މަސައްކަތްތެރިންގެ ފީއަށް ނުދައްކާ ހުރި 74 މިލިއަން ލިބިއްޖެ

ނުލިބޭ ފައިސާގެ އަދަދު އިއުލާނުކުރުމަށްފަހު މި ހިނގި މަސްދުވަހުގެ ތެރޭގައި ލިބުނު 74 މިލިއަނާއެކު ވެސް މި ފައިސާގެ ތެރެއިން ދައުލަތަށް ނުލިބި 1.6 ބިލިއަން އެބައޮތް.

މަސައްކަތްތެރިންގެ ފީއަށް ނުދައްކާ ހުރި 74 މިލިއަން ލިބިއްޖެ

ނުލިބޭ ފައިސާގެ އަދަދު އިއުލާނުކުރުމަށްފަހު މި ހިނގި މަސްދުވަހުގެ ތެރޭގައި ލިބުނު 74 މިލިއަނާއެކު ވެސް މި ފައިސާގެ ތެރެއިން ދައުލަތަށް ނުލިބި 1.6 ބިލިއަން އެބައޮތް.

މިނިސްޓްރީގެ ލިސްޓުގައި ވާގޮތުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ 18 ފަރާތަކުން ޖުމަލް 173.8 މިލިއަން ރުފިޔާ ނުލިބިވެ އެވެ. އެއް މިލިއަން ރުފިޔާ އާއި ފަސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް 105 ކުންފުންޏަކުން ދައްކަން ޖެހޭއިރު، ޖުމަލަ އަދަދު 212 މިލިއަން ރުފިޔާ އަށް އަރައެވެ.

ބިދޭސީންނާ ގުޅޭ ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓް އާންމު ކުރުމުގެ ކުރިން ހޯމް މިނިސްްޓްރީން ވަނީ، ފީ ދެއްކުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ. އޭރު މިނިސްޓްރީން ބުނެފައިވާ ގޮތުގައި 10،619 ވަޒީފާދޭ ފަރާތުގެ (އެމްޕްލޯޔަރުންގެ) ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ގަމާރުކޮއި

8 months ago

ލިސްޓް އާންމުކުރުމުން ކޮންކަމެއްބާވަނީ؟ ތިފައިސާހޯދަން ކޯޓަށްދާކަށް އަދިވެސް ނުވޭބާ؟ ތިލިސްޓްގައި ހުރިއެއްބައި ކުންފުނި މިހާރު އުވާލުމުގެ މަރުހަލާގައި އުޅެނީ. ތިފައިސާ ނުދައްކާކުންފުނިތަކުގެ ހިއްސާދާރުންގެ އަތުން ތިފައިސާ ނަގަންވެއްޖެނު؟ ދިހަބާރަ އަހަރުވެގެންދާއިރުވެސް އެފަރާތްތަކަށް ދެވުނު އަދަބެއް ނެތް. ތިލިސްޓްގައި އޮތްކުންފުންޏެއްްގެ ހިއްސާދާރަކީ ރައީސަށް ލަފާދޭން ވަޒީފާގައި ހުރިމީހެއް. ވަކިކުރަންވެއްޖެއެއްނު؟