Advertisement

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ތެރެއިން 74 މިލިއަން ލިބިއްޖެ، ބާކީ 1.6 ބިލިއަން

14 ޖުލައި 2024 - 11:30 0

އަހުމަދު އާއިދު

އ

Advertisement

ބިދޭސީ މަސައްކަތްތެރިންތަކެއް މަސައްކަތު ސައިޓެއްގައި ހަރަކާތްތެރި ވަނީ: ބިދޭސީ މަސައްކަތްތެރިންގެ ފީ ގަވާއިދުން ނުދައްކާ މައްސަލަ ބޮޑު - ފޮޓޯ: އަދަދު


ބިދޭސީ މަސައްކަތްތެރިންގެ ފީގެ ތެރެއިން 74 މިލިއަން ލިބިއްޖެ، ބާކީ 1.6 ބިލިއަން

14 ޖުލައި 2024 - 11:30 0

Advertisement

Advertisement

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ ތެރެއިން 74 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ އެ އަދަދަކީ މިއަދުގެ ނިޔަލަށް ލިބިފައިވާ ފައިސާގެ އަދަދު ކަމަށެވެ.

Advertisement

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި އަދި އެ ފީއާ ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާތައް ހިމެނޭ ގޮތަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި ވާކަމަށް ހޯމް މިނިސްޓްރީން ބުނީ ޖޫން، 4 ގަ އެވެ.

އެ ދުވަހުން ފެށިގެން ވޭތުވެދިޔަ މުއްދަތުގައި ލިބުނު 74 މިލިއަނާއެކު ވެސް މި ފައިސާގެ ތެރެއިން ދައުލަތަށް ނުލިބި 1.6 ބިލިއަން އެބައޮތެވެ.

އެ ދުވަހު ކުރި އިއުލާނެއްގައި ހޯމް މިނިސްޓްރީން ބުނީ، 10،619 ވަޒީފާދޭ ފަރާތުގެ (އެމްޕްލޯޔަރުންގެ) ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ ދައުލަތަށް ލިބިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

އެ ދުވަހުގެ އިއުލާނުގައި، މިނިސްޓްރީން ވަނީ ޖޫން 18، ގެ ކުރިން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އިއުލާނު ކުރާނެ ކަމަށާއި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑައިލާނެ ކަމުގެ އިލްތިމާސްކޮށްފަ އެވެ.