Advertisement

ފީފާގެ އެހީއާ އެކު ރާއްޖޭގައި ރެފްރީ ކޯހެއް

23 ޖުލައި 2024 - 20:02 0

ފީފާގެ އެހީގައި ކުރިއަށްގެންދާ ރެފްރީ ކޯހުގެ ބައިވެރިންނާއި ކޯހުގައި ބައިވެރިވާ ފީފާ/އޭއެފްސީ އިންސްޓްރަކްޓަރުން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ފީފާގެ އެހީއާ އެކު ރާއްޖޭގައި ރެފްރީ ކޯހެއް

23 ޖުލައި 2024 - 20:02 0

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ އެހީއާ އެކު، ރާއްޖޭގެ ފުޓްބޯޅަ ރެފްރީންނާއި ރެފްރީ އިންސްޓްރަކްޓަރުން ނޫނީ އެސެސަރުންނަށް ކޯހެއް އިއްޔެ ފަށައިފި އެވެ.

ހުޅުމާލޭ މިނިީ ސްޕޯޓްސް ކޮމްޕްލެކްސްގައި އިއްޔެ ހާއްސަ އިވެންޓަކުން ފެށިގެން ދިޔަ މި ކޯހަކީ މިއީ ފަސް ދުވަހަށް ދިގުދެމިގެންދާ ކޯހެެކެވެ.

ކޯހުގައި ބައިވެރިވާ ރެފްރީންނަށް އުނގަނައިދިނުމުގެ ގޮތުން، އިންސްޓްރަކްޓަރުންގެ ގޮތުގައި ބައިވެރިވަނީ، ފީފާ/އޭއެފްސީ ރެފްރީ ޓެކްނިކަލް އިންސްޓްރަކްޓަރު، ސިންގަޕޫރުގެ ޖޯން ޝިއާ އާއި ފީފާ/އޭއެފްސީ ރެފްރީ އިންސްޓްރަކްޓަރު، މެލޭޝިއާގެ ރަވިޗަންދުރަން އެވެ.

ފީފާ/އޭއެފްސީ ރެފްރީ ޓެކްނިކަލް އިންސްޓްރަކްޓަރު ޖޯން ޝިއާ، އިއްޔެ ބޭއްވި ސެޝަންގެ ތެރެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


މި ކޯހުގެ މައިގަނޑު މަގުސަދަކީ، ރެފްރީންނާ ގުޅޭ އެންމެ ފަހު ޓެކްނިކަލް ކަންކަމަށް ރެފްރީން އަހުލުވެރިކޮށްދިނުމެވެ. އެ ގޮތުން، ފުޓްބޯޅައިގެ ގަވާއިދަށް އެންމެ ފަހުން ގެނެވުނު ބަދަލުތަކަށް އަހުލުވެރިކުރުމާއި ރަނގަޅު ނިންމުންތައް ނިންމަން ޖެހޭ ހާލަތްތަކާ ގުޅޭ ގައިޑްލައިން ދިނުމާއި ފުޓްބޯޅައިގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް ފައުލު ކަމަށްވާ ހޭންޑްބޯލްއާ ގުޅޭގޮތުން، ނިންމާ ނިންމުންތައް ނިންމަން ޖެހޭ ގޮތްގޮތް ބުނެދިނުމާއި އެއް ފެންވަރެއްގައި ރެފްރީންގެ ނިންމުންތައް ނިންމަން ބަހައްޓަން ޖެހޭ މިންގަނޑުތަކުގެ އިތުރުން، އޮފްސައިޑް އާއި ޓެކްޓިކަލް ފައުލުތައް ދެނެގަތުމުގައި ފަހުގެ މަހުލޫމާތުތަކަށް ރެފްރީން އަހުލުވެރިކުރުމެވެ.

މީގެ އިތުރުން މި ކޯހުގެ ތެރެއިން ރެފްރީންގެ ފިޓްނަސް ކަންކަން އިވެލުއޭޓްކޮށް، އެކްޓިވް ރެފްރީންގެ އެކަންކަން ބަލާނެ ގޮތުގެ މިންގަނޑުތަކާ ގުޅޭ މައުލޫމާތު، ފީފާ/އޭއެފްސީ ރެފްރީސް ފިޓްނަސް އެކްސްޕާޓުން ފޯރުކޮށްދޭނެ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެ އެވެ.