Advertisement

އޮލިމްޕިކްސްގައި އެމެެރިކާގެ ދިދަ އުފުލާނީ ބާސްކެޓްބޯޅަ ތަރި ޖޭމްސް

23 ޖުލައި 2024 - 07:03 0


އޮލިމްޕިކްސްގައި އެމެެރިކާގެ ދިދަ އުފުލާނީ ބާސްކެޓްބޯޅަ ތަރި ޖޭމްސް

23 ޖުލައި 2024 - 07:03 0

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 23) - އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، އެެމެރިކާގެ ބާސްކެޓްބޯޅަ ތަރި، ލެބްރަން ޖޭމްސް އަށް ދީފި އެވެ.

އެމެރިކާގެ އޮލިމްޕިކް ކޮމިޓީން ބުނެފައިވަނީ، މިއަދުގެ ވަގުތެއްގައި، އަންހެން އެތުލީޓުންގެ ތެރެއިން، އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާނެ އެތުލީޓެއް އިއުލާނުކުރާނެ ކަމަށެވެ.

ޖޭމްސް، 39، އަށް އެމެރިކާގެ ފިރިހެން އެތުލީޓުންގެ ފަރާތުން ދިދަ އުފުލަން ފުރުސަތު ދިނީ، އެހެން އެތުލީޓުންގެ ނޮމިނޭޝަނަކާ އެކު އެވެ. މިއީ ޖޭމްސްގެ ހަތަރު ވަނަ އޮލިމްޕިކްސް ގޭމްސް އެވެ.

"ފުރަތަމަ ކަމަކަށް ދުނިޔޭގެ ލެވަލްގެ މި ވަރުގެ ކުޅިވަރު ހަރަކާތެއްގައި އަނެއްކާ ވެސް އެމެރިކާ ތަމްސީލްކުރަން ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ފަހުރުވެރިކަމާ އެކު ފާހަގަކުރަންޖެހޭ ކަމެއް،" އޮލިމްޕިކްސް އިން ދެ ފަހަރު ރަން މެޑަލް ހާސިލްކޮށްފައިވާ ޖޭމްސް ބުންޏެވެ.

"އެކްރަން އަށް ނިސްބަތްވާ ކުޑަކުޑަކުއްޖަކަށް، މި ފަދަ ބޮޑު ޒިންމާއެއް (ދިދަ އުފުލުމުގެ ޝަރަފް) ލިބިގެންދިއުމަކީ އާދަޔާ ހިލާފުކަމެއް، އަހަންނަށް ވެސް އަދި އަހަރެންގެ އާއިލާ އަށް ވެސް، އޮލިމްޕިއަނުންނާ ދިމާލަށް އެންމެންގެ ނަޒަރު ހުއްޓެނީ ސަބަބުތަކެއް ނެތިއެއް ނޫން. މިއީ ތަފާތު ހަރަކާތެއް،"

ޖޭމްސް، އެންމެ ފުރަތަމަ ވާދަކުރީ ގްރީސްގެ އެތަންސްގައި، ބޭއްވި އޮލިމްޕިކްސްގަ އެވެ. އެ ފަހަރު، އެމެރިކާ އަށް ބާސްކެޓްބޯޅަ އިވެންޓުން ހޯދުނީ ލޯ މެޑަލް އެވެ. އެކަމަކު، އޭގެ ހަތަރު އަހަރު ފަހުން، ޗައިނާގެ ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގައި އެމެރިކާ އިން ރަން މެޑަލް ގެނަ އެވެ. އަދި އެ ކާމިޔާބީ 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގައި ވެސް ތަކުރާރުކުރި އެވެ.

ހަތަރު ފަހަރު އެމްބީއޭ ޗެމްޕިއަންކަން ހޯދައި، އެންމެ ގިނަ ޕޮއިންޓް އެއްކުރުމުގެ ރެކޯޑް ހޯލްޑަރު، ޖޭމްސް އަށް މިއީ ފަހު އޮލިމްޕިކްސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ޕެރިހުގެ ރިވާ ސިއެންގަަ އެވެ. މިއީ، އޮލިމްޕިކްސް ތާރީހުގައި ވެސް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ފުރަތަމަ ފަހަރެެވެ.