Advertisement

އެޗްޑީސީ އީއާރުޕީ ސޮފްޓުވެއާގެ ނަކަލެއް ވިއްކާ މައްސަލައެއް

22 ޖުލައި 2024 - 08:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތް. އެ ކޯޕަރޭޝަނުގެ އީއާރުޕީ ސޮފްޓުވެއާގެ ނަކަލެއް ހަދައިގެން ވިއްކަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައި. -- ފޮޓޯ: އަދަދު


އެޗްޑީސީ އީއާރުޕީ ސޮފްޓުވެއާގެ ނަކަލެއް ވިއްކާ މައްސަލައެއް

22 ޖުލައި 2024 - 08:04 0

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކުރި އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރުޕީ) ސޮފްޓުވެއާގެ ނަކަލެއް ހަދައި ވިއްކަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އީއާރުޕީ ސޮފްޓުވެއާތަކަކީ އޭގެތެރެއިން ކުންފުނީގެ ހިސާބުކިތާބާއި ޕްރޮކިއުމަންޓުގެ އިތުރުން އެޗްއާރު އަދި އެކައުންޓިން ވެސް ބެލެހެއްޓޭ ގޮތަށް ޑިވެލޮޕްކޮށް ބޭނުން ކުރާ އެއްޗެކެވެ.

އެ ސޮފްޓްވެއާގެ ނަކަލެއް އެހެން ނަމެއްގައި ވިއްކަމުންދަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގައި ކުރިން ވަޒީފާ އަދާކުރި ބައެއް މުވައްޒަފުންނާއި މިހާރު ވެސް އެ ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓުން ޑިވެލޮޕަރުން ނަގައިގެން އުފައްދާފައިވާ އަގުބޮޑު އެ ސޮފްޓުވެއާ ވިއްކަމުންދާ ކަމަށް ތުހުމަތުކޮށް، އެޗްޑީސީގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓަށް މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ. އެކަން އެ ކުންފުނީގެ ސީނިއާރު އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ. ނަމަވެސް މައްސަލަ އޮތީ މަޑުޖައްސާލައިފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ މި މައްސަލައިގައި ސީރިއަސް ތަހުގީގެއް އަދި ކުރަމުން ނުދާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ބޮޑު ވައްކަމެއް. އެއްކާއެކު އެޗްއާރު ޑިޕާޓްމެންޓުގައި މައްސަލަ އެބަ އޮތް. އެކަމަކު އަޅައި ނުލައި ތިބި މައުލޫމާތު ލިބިފައި ވަނީ،"އޭނާ ބުންޏެވެ.

އެޗްޑީސީގެ އީއާރުޕީ ސޮފްޓުވެއާގެ ނަކަލެއް އެހެން ނަމެއްގައި ވިއްކަމުންދާ މައްސަލައެއް ފެންމަތިވެފައި ވާއިރު، މިފަހުން ބަޔަކު ވަނީ އެ ކޯޕަރޭޝަނުގެ ޑޭޓާބޭސް ހެކުކޮށް މީހުންގެ ޒާތީ މައުލޫމާތު ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމާ ގުޅިގެން ސަމާލުވުމަށް އެދި ފުލުހުން އިލްތިމާސް ވެސް ކުރި އެވެ.