Advertisement

ފްރާންސަށް ރަން މެޑަލް ހޯދޭނެެކަމުގެ ޔަގީންކަން އެބައޮތް: ލަކަޒެެޓް

21 ޖުލައި 2024 - 09:00 0


ފްރާންސަށް ރަން މެޑަލް ހޯދޭނެެކަމުގެ ޔަގީންކަން އެބައޮތް: ލަކަޒެެޓް

21 ޖުލައި 2024 - 09:00 0

ޕެރިސް (ޖުލައި 21) - ފްރާންސްގައި މި މަހު ފަށާ އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފްރާންސްގެ އޮލިމްޕިކް ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލެކްޒަންޑާ ލަކަޒެޓް ބުނެފި އެވެ.

ފްރާންސަށް މިހާތަނަށް އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ލިބިފައިވަނީ 1984 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލިސްގައި އޮތް އޮލިމްޕިކް ގޭމްސްގަ އެވެ. އެންމެ ފަހުން، 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިއޯގައި އޮތް އޮލިމްޕިކް ގޭމްސްގައި ފްރާންސް ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި މި އަހަރު އޮންނަ އޮލިމްޕިކް ގޭމްސަށް ފްރާންސްގެ އޮލިމްޕިކް ޓީމު ނުކުންނާނީ ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރޯ އޮންރީގެ އިރުޝާދުގެ ދަށުންނެވެ.

އޮލިމްޕިކް ޓީމުގައި ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ހިމަނާފައިވާ ލަކަޒެޓް ބުނީ އަމިއްލަ ގައުމުގައި ކުޅުމަކީ ކުޅުންތެރިންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށާއި ރަން މެޑަލް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރަމެން އެންމެންގެ އަމާޒަކީ ރަން މެޑަލް. އަދި އަމިއްލަ ގައުމުގައި ކުޅުމަކީ ކުޅުންތެރިންނަށޤ ލިބޭ އިތުރު މޯޓިވޭޝަނެއް،" ކުރިން އާސެނަލަށް ކުޅުނު ލަކަޒެޓް ބުންޏެވެ.

ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް ލަކަޒެޓް އެންމެ ފަހުން ކުޅުނީ 2017 ވަނަ އަހަރެވެ. އެކަމަކު، މި ފަހަރުގެ އޮލިމްޕިކް ޓީމުގެ ކެޕްޓަންކަން އޮންރީ ހަވާލުކުރީ ލަކަޒެޓަށެވެ.

ފްރާންސްގެ އޮލިމްޕިކް ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކްރިސްޓަލް ޕެލެސްގެ ފޯވަޑް ޖޯން ފިލިޕް މަޓޭޓާ އާއި ޕެލެސް އަށް ކުޅުމަށްފަހު ދާދި ފަހުން ބަޔާން މިއުނިކަށް ބަދަލުވި މައިކަލް އޮލީސޭ އާއި ބޮރޫޝިއާ މޮންޗަންގްލެޑްބެކްގެ މަނޫ ކޯނޭ އަދި ލިޔޯންގެ ރަޔާން ޝެރްކީ ހިމެނޭ އެވެ.

އޮލިމްޕިކް ގޭމްސްގެ ގުރޫޕް އޭގައި ފްރާންސާ އެކު އޮތީ އެމެރިކާ އާއި ގިނީ އަދި ނިއު ޒިލޭންޑެވެ.