Advertisement

ތިން މީހުންގެ ގްރޫޕަކުން ގެސްޓްހައުސް ކޮޓަރިއަކަށް ވަދެ މީހަކު ރަހީނުކޮށްގެން ގެންގޮސް ގެއެއްގައި ގެންގުޅެނިކޮށް ހޯދައިފި

19 ޖުލައި 2024 - 18:11 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕޮލިސް ހެޑްކުއާޓަރު: މާލެ ގެއެއްގައި މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އަތުލައިގެންފި - ފޮޓޯ: އަދަދު ފައިލް


ތިން މީހުންގެ ގްރޫޕަކުން ގެސްޓްހައުސް ކޮޓަރިއަކަށް ވަދެ މީހަކު ރަހީނުކޮށްގެން ގެންގޮސް ގެއެއްގައި ގެންގުޅެނިކޮށް ހޯދައިފި

19 ޖުލައި 2024 - 18:11 0

މާލޭގެ ގެސްޓްހައުސެއްގެ ކޮޓަރިއަކަށް ވަދެ މީހަކު ރަހީނުކޮށްގެން ގެންގޮސްގެން މާލޭގެ އެހެން ގެއެއްގައި ގެންގުޅެނިކޮށް ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ސަލާމަތްކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ވިކްޓިމް ސަލާމަތް ކުރުމަށް ފަހު، ރަހީނު ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 10 ދުވަހުގެ ބަންދެއް ޖަހާފައިވެ އެވެ.

ބަންދުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ވިކްޓިމަކީ ވެސް ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރުން އެނގުނު ގޮތުގައި ކުށުގެ އަމަލު ހިނގި ގޮތަކީ ވިކްޓިމް ގެސްޓް ހައުސް ރޫމެއްގައި އޮއްވައި، އެ ތަނުގެ ތެރެއަށް ވަދެ އޭނާ ގޮވައިގެން ނުކުންނަނީ އެވެ. ގެސްޓް ހައުސް ކޮޓަރީގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށް ވެ އެވެ.

އެއަށް ފަހުގައި ކުށުގައި ބައިވެރިވި 22 އަހަރުގެ ފިރިހެން މީހާގެ ސައިކަލު ފަހަތުން ވިކްޓިމް ގެންދިޔަ ކަމަށް ކޯޓު އަމުރުގައިވެ އެވެ.