Advertisement

ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވުން ތަހުގީގު ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

17 ޖުލައި 2024 - 11:16 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވުން ތަހުގީގު ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

17 ޖުލައި 2024 - 11:16 0

ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިން ފާއިތުވެދިޔަ މަސްތަކުގައި ރައްޔިތުންނަށް ފޮނުވި ބިލުތައް އިންތިހާއަށް ބޮޑުވެފައިވާތީ އެކަން ބަލައި ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ކަރަންޓުގެ ހިދުމަތް ރެގިއުލޭޓް ކުރުމާއި އެކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޒިންމާއެއް ކަމަށާއި ނަމަވެސް އެ އޮތޯރިޓީ މިއަދު ކޮބައިތޯ އޭނާ އެއްސެވި އެވެ.

"ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނެގި ބިލުތައް ކުރިއަށްވުރެ ބޮޑު ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މިހެން މިކަން ހިނގާއިރު ކަރަންޓު ބިލު ބޮޑުވި ގޮތުގެ ތަފްސީލު ލިބޭނެ ގޮތެއް ނުވޭ," ކުޑޫ ވިދާޅުވި އެވެ.

ކަރަންޓޫ ބިލުތައް ބޮޑުވާ ސަބަބާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޖެހެމުންދާ ތަކުލީފުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުޑޫގެ ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.