Advertisement

މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވެއްޖެ

13 ޖުލައި 2024 - 22:35 0

ހއ. މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒު: އޭނާ ނިޔާވީ ހާލު ދެރަވެގެން ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް --- ފޮޓޯ: މާރަންދޫ ކައުންސިލް


މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވެއްޖެ

13 ޖުލައި 2024 - 22:35 0

ހއ. މާރަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަމީޒު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

ރަމީޒުގެ މަރާ ގުޅިގެން އޭނާ ނިސްބަތްވެވަޑައިގަންނަވި ޕާޓީ، އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި، ބުނީ ރަމީޒު ނިޔާވުމުގެ ފުން ހިތާމައިގައި އެ ޕާޓީން ބައިވެރިވާ ކަމަށެވެ.

މާރަންދޫން "އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނީ ރަމީޒު ނިޔާވީ، ހަވީރު އެ ރަށުގައި އޮތް ފުޓުބޯޅަ މެޗެއްގައި ކުޅުމަށް ފަހު ހާލު ދެރެވެގެން ގޮސް އެ އަތޮޅު ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

"ފުރަމަތަ ހޮޑުލެވި، ބޯއަނބުރާތީ ގެންދިޔައީ ރަށު ސިއްހީ މަރުކަޒަށް. މާ ބޮޑަށް ގޯސް ވާތީ ދިއްދުއަށް ގެންދިޔައީ،" އެ މީހާ ބުންޏެވެ.

ރަމީޒަކީ އެމްޑީޕީގެ ވަރަށް ހަރަކާތްތެރި، މާރަންދޫގައި އެ ޕާޓީގެ ކަންކަން ރާވާ، އިންތިޒާމުކުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވީ މީހެކެވެ.