Advertisement

އެލިއާގެ 10 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފަށައިފި

13 ޖުލައި 2024 - 13:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެލިއާގެ 10 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެލިއާގެ 10 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފަށައިފި

13 ޖުލައި 2024 - 13:19 0

އެލިއާ އިންވެސްޓްމަންޓުން އިންތިޒާމުކުރި 10 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސެސްއާ ގުޅިގެން ކުރިއަށް ގެންދާ އެ ކޭމްޕް މިއަދު މާގިރި ހޮޓެލްގެ ދެވަނަ ފަންގިފިލާގައި އިރުއޮއްސި 06:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

އާންމުންނަށް ހުޅުވާލާފައިވާ އެ ކޭމްޕްގެ މަގްސަދަކީ ތެލެސީމިއާ ފަރުވާ ހޯދާ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން އޮޕަރޭޝަން ކުރުމަށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮސެސްގައި އަލަށް ލޭ ހަދިޔާ ކުރާ މީހުންނަށް ފަސޭހަ މާހައުލެއްގައި އެކަން ކުރެވެ އެވެ. އަދި ޑޮނޭޝަން ޕްރޮސެސް ނިމެންދެން ރައްކާތެރިކަން ކަށަވަރު ކުރެ އެވެ.

އެލިއާގެ 10 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކެމްޕާ ގުޅޭގޮތުން ޑރ. އަހުމަދު އުމަރު "އަދަދު" އަށް ވިދާޅުވީ މި ކޭމްޕް މެދުވެރިކޮށް ކޮންމެ ފަހަރަކު ވެސް އާ އެތައް ބަޔަކު ލޭ ހަދިޔާ ކުރަމުންދާ ކަމަށާއި ގަވައިދުން ލޭ ހަދިޔާ ކުރާ މީހުން ވެސް ހިމެނޭ ކަމަށެވެ.

ކޭމްޕްގައި ލޭ ހަދިޔާކުރި އަހުމަދު ސައީދު ބުނީ މިއީ އޭނާގެ ހަޔާތުގައި ލޭ ހަދިޔާކުރި 15 ވަނަ ފަހަރު ކަމަށާއި ލޭ ބޭނުންވާ މީހުންގެ އިހުސާސްތައް ދެނެގަނެ އެކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ކޭމްޕް މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް އެލިއާއިން އަންނަނީ ލޭ ހަދިޔާ ކުރާ އާ މީހުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.