Advertisement

ސްކޭމްގެ ބޮޑު ދެ މައްސަލާގައި ޖަލު އޮފިސަރުންނަށް ފައިސާ ލިބުނު: ފުލުހުން

11 ޖުލައި 2024 - 15:36 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާފުށީ ޖަލުގެ ބޭރު ފެންސެއް، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްކުށްތައް ގިނައިން ހިންގަނީ ޖަލުން ކަން ބައެއް ތަހުގީގުތަކުން ވަނީ އެނގިފައި. ފައިލްފޮޓޯ


ސްކޭމްގެ ބޮޑު ދެ މައްސަލާގައި ޖަލު އޮފިސަރުންނަށް ފައިސާ ލިބުނު: ފުލުހުން

11 ޖުލައި 2024 - 15:36 0

ޖަލުން ހިންގި ބޮޑު ދެ ސްކޭމެއްގައި 2.4 މިލިޔަން ރުފިޔާ ނެގި އިރު، އޭގެ ތެރެއިން ބައެއް ފައިސާ ޖަލު އޮފިސަރުންގެ ތެރެއިން ބަޔަކަށް ލިބުނު ކަމަށް ފުލުުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނި ގޮތުގައި މިދިޔަ ޖޫންމަހު ހިންގި އެ ދެސްކޭމްގެ ތެރެއިން އެއް ސްކޭމްގައި 500،000 (ފަސްލައްކަ) އަށް ވުރެ ގިނަ ރުފިޔާ އަދި ދެވަނަ ސްކޭމްގައި ގާތްގަނޑަކަށް 1.9 މިލިޔަން ރުފިޔާ ނެގި އެވެ.

އެ ދެ މައްސަލައިގެ ތަހުގީގުގައި ވެސް މާފުށި ޖަލު ބަލައި ފާސްކޮށް މޯބައިލްފޯނުތަކަކާއި އެއާ ގުޅޭ އާލާތްތައް ހޯދި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރް އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ ޖަލު އޮފިސަރުންނަށް އެ ދެ މައްސަލާގައި ވެސް ފައިސާ ގޮސްފައިވާ ކަމަށެވެ. އެގޮތަށް އޭނާ ޖަވާބުދެއްވީ އެ ދެ މައްސަލަގައި ޖަލު އޮފިސަރުންގެ ބައިވެރިވުމެއް އޮތްކަން ފާހަގުރެވިފައިވޭތޯ ސުވާލުކުރުމުންނެވެ.

"އެ އޮޕަރޭޝަނާ ގުޅިގެން [ޖަލަށް މޯބައިލް ފޯނާއި އެހެނިހެން ތަކެތި އެތެރެކުރަން އެހީތެރިވި އޮފިސަރުން ހައްުޔަރުކުރި އޮޕަރޭޝަނާ ގުޅިގެން] މައްސަލަ މިހާރު ދަނީ ތަހުގީގު ކުރެވެމުން، އެހެންކަމުން އަޅުގަނޑުމެން އެ މައްސަލައިގެ ޑީޓެއިލްއަކަށް ނުވެއް ދާނަން. އެެހެން ނަމަވެސް މި ދެ މައްސަލައިގެ ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ބައެއް ފަރާތްތަކަށް ފައިސާ ގޮސްފައިވާކަން،" ޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތަށް މައުލޫމާތު އާއްމުކުރެވެން އޮތީ އެވަރަށް ކަމަށެވެ.

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި އެނޫން ތަކެތި އެތެރެކޮށްދިން ކަމަށް ތުހުމަތުކުރެވޭ އޮފިސަރުން ހޯދަން ފުލުހުން ދާދިފަހުން ހިންގި އޮޕަރޭޝެއްގައި 13 އޮފިސަރަކު ހައްޔަރުކުރި އެވެ.