Advertisement

އިންޑިއާގައި ކޮލެރާ އައުޓްބްރޭކެއް، ރައްކާތެރި ފިޔަވަޅު އަޅައިފި

10 ޖުލައި 2024 - 14:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރިވެންޑްރަމް ހޮސްޕިޓަލެއްގައި ބަލިމީހުން އެޑްމިޓްކޮށްފައި: އެ ސިޓީގައި ކޮލެރާ އައުޓްބްރޭކެއް އުޅޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ: އެކްސް


އިންޑިއާގައި ކޮލެރާ އައުޓްބްރޭކެއް، ރައްކާތެރި ފިޔަވަޅު އަޅައިފި

10 ޖުލައި 2024 - 14:43 0

އިންޑިއާގެ ކެރެލާގައި ކޮލެރާ ބްރޭކެއް އުޅޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ބަލި ފެތުރުނީ ހޯމްކެއާ ރެޒިޑެންސެއްގައި ކަމަށާއި ފުރަތަމަ އެކަން ދިމާވުމުން ބެލެވުނީ ކާނާ ވިހަވީ ކަމަށެވެ.

ކެރެލާ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ އައުޓްބްރޭކެއް އުޅެނީ ޓްރިވެންޑްރަމްގެ ނޭޔައްތިންކަރާގައި ކަމަށާއި އެއާއެކު ބަލި ފެތުރުން ހުއްޓުވުމަށް ޓްރިވެންޑްރަމްގެ އެކި ސަރަހައްދުތަކުގައި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ކެރެލާގެ ހެލްތު ޑިޕާޓްމަންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފެތުރެނީ ކޮން ބައްޔެއްކަން ކަށަވަރު ކުރުމަށް ފެނުގެ ސާންޕަލްތައް ޓެސްޓު ކުރުމަށް ނަގާފައިވާ ކަމަށެވެ.

އޭގެއިތުރުން، ހޮސްޕިޓަލުތަކުގައި ކޮލެރާ ޕޭޝަންޓުންނަށް ހާއްސަކޮށް އައިސޮލޭޝަން ވޯޑުތަކެއް ގާއިމުކޮށް، ބައްޔަށް ޝައްކު ކުރެވޭ މީހުން ދަނީ ޓެސްޓު ކުރަމުންނެވެ.

އޭގެއިތުރުން، ބަލި ހުރިކަމަށް ޝައްކު ކުރެވޭ މީހުން ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިންގެ ސަމާލު ކަމަށް ގެނައުމަށް ވަނީ އެދިފަ އެވެ.

ކޮލެރާއަކީ ފެނުގެ ޒަރިއްޔާއިން ފެތުރޭ ބެކެޓީރިއަލް އިންފެކްޝަނެކެވެ. ގޮހޮރަށް ބެކްޓީރިއާ ފޯރުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޭރަށް ހިންގުން، ޑީހައިޑްރޭޓްވެ، ވަރުބަލިވުން ހިމެނެ އެވެ.

މި ބެކްޓީރިއާ ހަށިގަނޑުގައި އެކުލެވޭ މަހި، ކާބޯތަކެތީގައި ޖައްސައި، އެ ތަކެތި ކައިފި ނަމަ އިންސާނުންނަށް ބަލި ޖެހޭނެ އެވެ. އަވަސް ފަރުވާ ނުދީފި ނަމަ ކޮލެރާއަކީ މަރުވުން އެކަށީގެންވާ ބައްޔެކެވެ.