Advertisement

ބީއެމްއެލްގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

8 ޖުލައި 2024 - 19:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބީއެމްއެލްގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

8 ޖުލައި 2024 - 19:10 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ އައު ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 7، ގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް އެ ބޭންކުގެ މޯބައިލް ބޭންކިން އެޕުން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

އެ ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 5،000ރ. ގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.