Advertisement

ރައްޔިތުންގެ މަޖިލީހަށް ފަސޭހައިން ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ޕީއެންސީ މެންބަރަކު ގޮވާލައިފި

8 ޖުލައި 2024 - 05:34 1

މުހައްމަދު ނަސީމް

މ

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމަކީ ގަވައިދު މިހާރު އޮތް ގޮތުން ފަސޭހަ ކަމެއް. ފޮޓޯ: މަޖިލީހުގެ އިދާރާ


ރައްޔިތުންގެ މަޖިލީހަށް ފަސޭހައިން ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ޕީއެންސީ މެންބަރަކު ގޮވާލައިފި

8 ޖުލައި 2024 - 05:34 1

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަން މިހާރު އޮތް ފަސޭހަ އުސޫލު ބަދަލުކުރަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އަދި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރަކު މިއަދު ގޮވައިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލު ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. ސަރުކާރުގެ ސްކޮލަޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ރާއްޖޭން ބޭރުން ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ނުދީ ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައެއް ނުގަނެވެ.

Advertisement

ދަރިވަރުންނަށް ފައިސާ ނުދޭތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ދަރިވަރުންނަށް ފައިސާ ނުދޭތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެ މައްސަލަ ބޭރުކޮށްލުމަށް ފަހު މިއަދުގެ ޖަލްސާގެ އެެޖެންޑާގައި އޮތް ހަމަ އެކަނި ބަހުސް ކަމަށްވާ ކޮޕީ ރައިޓްސް ގާނޫނަށް ބަދަލު ގެންނަން ބިލުގެ ބަހުސްގައި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ ކޮންމެވެސް ކަހަލަ އަދަދެއް އޮވެގެން ނޫނީ މަޖިލީހަށް ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން އޭނާއަށް ފެނިވަޑައިގަންނަވާ ކަަމަށެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑުވެސް ހަމަ އެދެން މިފަދަ ބޭކާރު ބިލްތައް ނުވަތަ ކުއްލި މައްސަލަތައް ނުވަންނަ ގޮތަކަށް އަޅުގަނޑުމެންގެ ކަންކަން މިހާރު އެބަ ފަރުމާކުރަން ޖެހޭ،" ނާޒިލު ހުށަހެޅުއްވި މައްސަލައަކީ ބޭކާރު މައްސަލައެއް ކަމަަށް ސިފަކުރައްވަމުން މުސްތަފާ ވިދާޅުވި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެންބަރުން ބައެއް ދުވަސް ދުވަހު ހުށަހަޅުއްވާ ކުއްލި މައްސަލައާއި ގަރާރުތައް އޭނާ ސިފަކުރެއްވީ "ތާކުންތާކު ނުޖެހޭ" ކަންތައްތަކުގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ވަކި އަދަދެއް އޮވެގެން ނޫނީ ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ޖެހެނީ މަޖިލީހުގައި ކުރަން ހުރި މުހިއްމު ކަންކަމަށް ވަގުތު ހޯދަން ކަމަށެވެ.

މަޖިލީހަށް ފަސޭހައިން ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ހިޔާލު ފާޅުކުރި އިރު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަަވައިލުމުގެ މަސައްކަތް ވެސް ގަވައިދު ކޮމިޓީގައި ކުރިއަށް އެބަ ދެ އެވެ. މިހާރު އަމަލުކުރަމުން އަންނަނީ 19 ވަނަ މަޖިލީހުގެ ގަވައިދަށެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވަހީދު

8 months ago

މީނާ އެކަނި މައްސަލަ ވައްދާ މައްސަލަ ބަލާ ތަނަކަށް މިތަން ހަދަންވީނުން. ކިޔަވައިގެން ތިބޭ ޖާހިލުންވެސް. އަދި މި ބަގަ މާނުލަފާވެފައި ނުބައިވާނެ. ގުރުއާނުން އާޔަތް ކިޔާ ހަދީސް ކިޔާފައި މިހިރީ ރައްޔިތުންގެ ހައްގަށް އަރައިގަންނަން ދިމާ ކުރާ ގޮތް. ނުލަފާ ކަން ދައްކާލަނީ.