Advertisement

އިންޑިއާގައި އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެއްޖެ

7 ޖުލައި 2024 - 14:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގައި އިމާރާތެއް ވެއްޓުން: ހާދިސާގައި ހަތް މީހުން ވަނީ މަރުވެފައި -- ފޮޓޯ: އެކްސް


އިންޑިއާގައި އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެއްޖެ

7 ޖުލައި 2024 - 14:12 0

އިންޑިއާގެ ސޫރަތު ސިޓީގައި ހަ ބުރީގެ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެއްޖެ އެވެ.

އިއްޔެ ހިނގި އެ ހާދިސާގައި އިމާރާތުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުން އަންނަނީ ކުރަމުންނެވެ.

ސޫރަތުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރާޖޭޝް ޕަރްމާއާ ހަވާލާދީ ވިއޮންއިން ބުނީ ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ހަތަކަށް އަރާފައިވާ ކަމަށާއި ސަލާމަތް ކުރެވިފައި ވަނީ އެންމެ އަންހެނެއް ކަމަށެވެ.

މަރުވި މީހުން ޕޯސްޓު މޯޓަމް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ކޮން ބައެއްކަން ވެސް ދެނެގަނެވިފައިވާ ކަމަށް ރާޖޭޝް ވިދާޅުވި އެވެ.

އޭގެ އިތުރުން ހާދިސާގައި ޒަހަމްވި 15 މީހުން ހޮސްޕިޓަލުތަކަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.