ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ހާލުގައި ޖެހިއްޖެ، ސަރުކާރުން ބުނަނީ ކުދިންނަށް ފޮނުވާ ވަރަށް ޑޮލަރެއް ނެތޭ!

7 ޖުލައި 2024 - 05:47 3

ލީވާން އަލީ ނާސިރު

ލ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވަނީ ޑޮލަރުގެ ތާށިކަމާހެދި ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ހާލުގައި ޖެހިއްޖެ، ސަރުކާރުން ބުނަނީ ކުދިންނަށް ފޮނުވާ ވަރަށް ޑޮލަރެއް ނެތޭ!

7 ޖުލައި 2024 - 05:47 3

ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން ހާލުގައި ޖެހިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ޖޫން މަހުން ފެށިގެން ހަޔާ އެޑިއުކޭޝަނުން ބައެއް ދަރިވަރުންނަށް ފައިސާ ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ. އެ ފައިސާ ޖަމާނުވާތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ކޯސްފީ އާއި ގޭގެ ކުލި އަދި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ވެސް ނުކުރެވޭކަން ވަނީ އެނގިފަ އެވެ.

"ފައިސާއަށް އެޕްލައި ކުރިތާ މިހާރު ތިން ހަފްތާވަރު ވެއްޖެ. މިނިސްޓްރީން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވޭ. ރެންޓާއި އެއްޗެހި ދެއްކޭނެ ގޮތެއް ނެތް. ސެމް ފީ ނުދައްކައިފިނަމަ އެ ސެމްއެއް ޑިފާ ކުރަންޖެހޭނީ. އޭރަށް އަނެއްކާވެސް ދުވަސްތަކެއް ގެއްލިގެންދާނީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޮސްޓްރޭލިއާގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް ވެސް ސަރުކާރުން ފައިސާ ޖަމާ ނުކޮށްދެ އެވެ.

"ފައިސާ ނުލިބިގެން ކޮންމެވެސް މީހެއް އަތުން މި ޖެހެނީ ފައިސާ ނަގަން. އެބަ އުޅޭ ބައެއް ކުދިން ރެންޓު ނުދެއްކިގެން ގެއިން ނިކުންނަން ޖެހޭ ހިސާބުގައި ވެސް. އަލުން ތަނެއް ހޯދަން ވެސް ވަރަށް އުނދަގޫވާނެ،" ރައީސްގެ ސްކޮލާޝިޕެއްގައި ކިޔަވާ ކުއްޖަކު ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޑޮލަރުގެ ތާށިކަމާހެދި ކުދިންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ވީ އެންމެ އަވަހަށް ފައިސާ ޖަމާ ކުރުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ދޫކުރަން ފައިސާ ހަމަ އެންމެ އިސްކަން ދީގެން މިވަގުތުން މިވަގުތަށް ބޭނުންވާ ކުދިންނަށް. އަޅުގަނޑުމެން ވެސް ބޭނުމެއް ނުވާނެ އެ ކުދިން ހާލުގައި ބައިތިއްބާކަށް ދެއްތޯ. އަޅުގަނޑުމެންނަށް ވެސް އެނގޭ އެ ކުދިންނަށް ފައިސާ ވަގުތުން ބޭނުންވާނެކަން. މި ލަސްވެގެން މިދަނީ ޑޮލަރުގެ ތާށިކަމާ ހެދި،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ދިވެހި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ސްޓޭޑެންޓު ލޯނުގައި އަދި ސްކޮލާޝިޕްގައި އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ކިނަމަސް

8 months ago

ދިވެހި ރުފިޔާއިން ކުދިންނަށް ފައިސާ ދެނީ. މީ އަރަތެއް

ާހމެދ ާބދުލލަ

8 months ago

ފަންޑް ރެއިޒް ކޮށްގެން ފައިސާ ހޯދަންވީ ހަމައެކަނި ޣައްޒާ އަށް ދިނުމަކަށް ނޫން، ޓެލެތޯން ބާއްވައިގެން ފައިސާ ހޯދާ ދިވެހި ދަރިވަރުންނަށް އެހީތެރިވާން ޖެހޭ އެބަ.

ދައިގަންނަގުރާ

8 months ago

ލޯނަށް ދޭ ފައިސާ ޖަމާކުރަނީ އެ ދަރިވަރެއްގެ އެކައުންޓަށް ދިވެހި ރުފިޔާއިން. ޑޮލަރުގެ ތާޝިކަމާހެދި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާ ނުވެޔޭތަ ތި ބުނަނީ؟ ހަޔާ އެޑިއުކޭޝަނުން ފޮނުވާ އީމެއިލްތަކަށް ޖަވާބު ނުދޭ. ރައީސްގެ ސްކޮލަޝިޕުގެ އަގުވެސް ވެއްޓުނީތާ މި. ދިވެހި ސަރުކާރަކީ އިތުބާރު ކުރެވޭ ތަނެއް ނޫން.