Advertisement

މަޖީދިއްޔާ ކައިރިން ކަރަންޓް ކޭބަލެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

6 ޖުލައި 2024 - 20:59 0

ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގުޅާފައި ހުރި ކޭބަލެއް މިދިޔަ އަންގާރަދުވަހު ބަޔަކު ވަގަށް ބުރިކޮށްލާފައި. ފޮޓޯ: ސްޓެލްކޯ


މަޖީދިއްޔާ ކައިރިން ކަރަންޓް ކޭބަލެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

6 ޖުލައި 2024 - 20:59 0

މަޖީދިއްުޔާ ސަރަހައްދަށް ކަރަންޓްދޭން ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރަކަށް ގުޅާފައި ހުރި ކޭބަލެއް މިދިޔަ އަންގާރަ ދުވަހު ވަގަށް ބުރިކުރި މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުރަމުން އަންނަ ކަަމަށް ވެސް ބުންޏެވެ.

ސްޓެލްކޯއިން އަންގާރަދުވަހު ބުނީ ކޭބަލް ވަގަށް ނެގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަޖީދިއްޔާ ސްކޫލުގެ ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަމަށެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އޭރު ވިދާޅުވީ ކޭބަލްތައް ވަގަށް ނެގުމުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމު ކުރެވެމުންދާ ކަމަށެވެ.

"މިކަމުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ފަހުމީ އޭރު ވިދާޅުވި އެވެ.