މާލޭ ކާނިވާ ސަރަހައްދަށް އުދައަރައި، ފެންބޮޑުވެއްޖެ

6 ޖުލައި 2024 - 12:03 1

މާލޭގެ ކާނިވާ ސަރަހައްދަށް މިއަދު އުދަ އަރަނީ. ފޮޓޯ: އަތޫފް އާތިފު/އަދަދު


މާލޭ ކާނިވާ ސަރަހައްދަށް އުދައަރައި، ފެންބޮޑުވެއްޖެ

6 ޖުލައި 2024 - 12:03 1

މާލޭގެ ކާނިވާ ސަރަހައްދަށް މިއަދު މެންދުރުފަހު އުދަ އަރައި، ބޮޑު ތަކުރުފާނު މަގުގެ ބޮޑު ސަރަހައްދަކަށް ލޮނުގަނޑު ފެތުރިއްޖެ އެވެ.

އުދަ އެރި ވަގުތު "އަދަދު"ގެ ނޫސްވެރިން އެތަނަށް ގޮސްް ބެލި އިރު އުދަ އަރަމުން ދިޔައީ ކިންގް ސަލްމާން މިސްކިތާ ކާނިވަލާ ދެމެދު ގައި އޮންނަ ޕާކިން ޒޯނަށެވެ. އެތަނުން އެރި ލޮނުގަނޑު ބޮޑުތަކުރުފާނު މަގަށް، ހުުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އާޓިފިޝަލާ ހިސާބަށް ފެތުރުނެވެ.

މާލޭގެ ކާނިވާ ސަރަހައްދަށް މިއަދު އުދަ އަރަނީ. ފޮޓޯ: އަތޫފް އާތިފު/އަދަދު


ކިންގް ސަލްމާން މިސްކިތް ހުރި ސަރަހައްދަކީ އެ މިސްކިތް އެޅުމުގެ ކުރިން ވެސް ވަރަށް ބޮޑަށް އުދައަރައި ފެންބޮޑުވާ ސަރަހައްދެކެވެ. ކޮންމެ އަަހަރަކު ވެސް ވަކިދުވަސްވަރެއްގައި އެ ސަރަހައްދަށް އުދައިގެ އަސަރު ކުރެ އެވެ.

އެހެން ނަމަވެސް އެ މިސްކިތް ބިނާކުރި އިރު އެސަރަހައްދުގެ ތޮށި ކުރިއަށް ވުރެ އުސްކޮށް، ރައްކާތެރިކަމުގެ ފިޔަވަަޅުތަ އެޅި އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ބަކަމޯން

9 months ago

ތިބުނާ ތޮށިގަނޑު ހެދީކޮންބައެއްބާ؟ އަދި ހެދުމުން ފައިދާއެއްވެފަކާ ނެތެއްނު؟