Advertisement

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރަށް ހަމަލާދިން މީހާއަށް 15 އަހަރުގެ ޖަލު ހުކުމެއް

6 ޖުލައި 2024 - 09:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީއަށް ހަމަލާދިނުން: އޭނާއަށް ހަމަލާދިން މީހާއަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި -- ފޮޓޯ: އޭޕީ


ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރަށް ހަމަލާދިން މީހާއަށް 15 އަހަރުގެ ޖަލު ހުކުމެއް

6 ޖުލައި 2024 - 09:36 0

މިދިޔަ ޖެނުއަރީގައި ދެކުނު ކޮރެއާގެ ކުރީގެ އިދިކޮޅު ލީޑަރު ލީ ޖޭމިޔުންގްއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ކޮރެއާގެ ޕޯޓް ސިޓީގައި ހިނގި މި ހާދިސާގައި އެ މީހާ ހަމަލާދިނީ ވަޅިއަކުން ލީގެ ކަރަށެވެ. އޭނާގެ އަމާޒަކަށްވީ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) ގެ ލީޑަރަށް އެޕްރިލް މަހު އޮތް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމެވެ.

ޕްރޮސެކިއުޓަރުން މަސައްކަތްކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވި އެ މީހާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް ހުކުމް އިއްވި ބުސާން ޑިސްޓްރިކްޓް ކޯޓުން އޭނާގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ނަމަވެސް މިހާތަނަށް ވެސް ފުލުހުން ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ހަމައެކަނި ބުނެފައި ވަނީ އެއީ 67 އަހަރުގެ މީހެއް ކަމަށެވެ.

ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށްފަހު ލީ އެއްކޮށް މިހާރު ވަނީ ރަނގަޅުވެފަ އެވެ. އޭނާ ވަނީ ޑީޕީގެ އިދިކޮޅު ލީޑަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފަ އެވެ.

ދެކުނު ކޮރެއާގައި މީގެ ކުރިން ވެސް ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވެ އެވެ.