Advertisement

މާލޭގެ ކެފޭއަކަށް ބަޔަކު ވަދެ ގެއްލުން ދީ، ހެދުމެއް ގެންގޮސްފި

12 ޑިސެންބަރު 2024 - 22:47 1

ލެޓްސް ކޮފީ މޯލްޑިވްސް، -- ފޮޓޯ: އަދަދު


މާލޭގެ ކެފޭއަކަށް ބަޔަކު ވަދެ ގެއްލުން ދީ، ހެދުމެއް ގެންގޮސްފި

12 ޑިސެންބަރު 2024 - 22:47 1

ސްޕޭނުގެ މަތީ ފަންތީގެ ކޮފީއެއް ކަމަށްވާ، ކަތުނަމްބޫ ކޮފީ އަށް ހާއްސަ, "ލެޓްސް ކޮފީ މޯލްޑިވްސް" އަށް ބަޔަކު ވަދެ، ޒީނަތްތެރިކުރަން އެލުވާފައި ހުރި ތަކެއްޗަށް ގެއްލުން ދީ، އެލުވާފައި އޮތް ސްޕޭނުގެ ސަގާފީ ހެދުމެއް ގެންގޮސްފި އެވެ.

މި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މީހަކު ހައްޔަރު ކުރިކަން ހާމައެއް ނުކުރެ އެވެ.

މާފަންނު ހަވީރީ ހިނގުމުގައި ހުންނަ ލެޓްސް ކޮފީއަށް ދިވެހި ތިން ފިރިހެނަކު ވަދެ، ގެއްލުން ދިނީ މިއަދު 11:38 ހާއިރު އެވެ. އޭރު ކެފޭގައި ތިބީ ބިދޭސީ ދެ އަންހެނުންނެވެ.


އެ ކެފޭއަށް ވަން މީހުންގެ ހަރަކާތްތައް، ކެފޭގައި ތިބި ދެ އަންހެން މުވައްޒަފުން ވީޑިއޯ ކުރާތީ އިންޒާރު ވެސް ދިނެވެ.

ކެފޭއަށް ވަން ތިން މީހުންގެ ތެރެއިން ދެ މީހަކު އައީ ޖީއެން ސައިކަލެއްގަ އެވެ. އެ މީހުންގެ ފަހަތު އެހެން މީހަކު ވެސް ކެފޭއަށް ވަދެ އެވެ.

"އެ މީހުން ހީކުރީ ކެފޭ އޮތީ ކްރިސްމަސްއަށް ތައްޔާރުކޮށްފައި ކަމަށް. ނަމަވެސް އަޅުގަނޑުމެންނަކީ ސްޕޭން ކޮފީ ބްރޭންޑަކަށް ވާތީ، ކެފީ އޮތީ ސްޕޭންގެ ސަގާފީ ތީމަކަށް ތައްޔާރުކޮށްފައި. އެ މީހުން ގެންދިޔަ ހެދުމަކީ ސްޕޭނުގެ ސަގާފީ ހެދުމެއް،" އެ ކެފޭގެ އޮފިޝަލަކު ބުންޏެވެ.

ކަތުނަންބޫ ކޮފީ އަކީ 1897 ގައި އުފައްދަން ފެށި ކޮފީ އެކެވެ. ރާއްޖެއަށް އެ ކޮފީ ތައާރަފު ކުރަން ލެޓްސް ކޮފީ ހުޅުވީ 2020 ގަ އެވެ.