Advertisement

އުރީދޫ ފަން ރަން: އޮކޯޗާއާއެކު ބޮޑު ތަރުހީބެއް ލިބިއްޖެ

5 ޖުލައި 2024 - 21:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ފަން ރަން 2024 ލާމު އެޑިޝަންގެ ތެރެއިން: ދުވުމަށް ބޮޑު ތަރުހީބެއް ލިބުނު -- ފޮޓޯ: އުރީދޫ


އުރީދޫ ފަން ރަން: އޮކޯޗާއާއެކު ބޮޑު ތަރުހީބެއް ލިބިއްޖެ

5 ޖުލައި 2024 - 21:13 0

އުރީދޫ ފަން ރަން 2024 ލާމު އެޑިޝަން ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާއެކު މިއަދު ބާއްވައިފި އެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ދުވުމުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކުގެ އިތުރުން އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތައް ހިމެނޭހެން 2000 ދުވުންތެރިން ބައިވެރިވި އެވެ.

މީގެ އިތުރުން ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.

ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.