2 އޮކްޓޯބަރު 2024 - 10:03 0
ލީވާން އަލީ ނާސިރު
އިސް ރަށް ވެހިންގެ ނާދީގައި އުރީދޫއިން ބޭއްވި އިވެންޓުގެ ތެރެއިން -- ފޮޓޯ: އުރީދޫ
2 އޮކްޓޯބަރު 2024 - 10:03 0
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ގްރޯ ވިތު އުރީދޫ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާއިފި އެވެ.
ގޯތިތެރޭގައި ގަސްއިންދުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެ ސެޝަނަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ސެޝަނެކެވެ.
ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވެ އެވެ.
އެ ސެޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ އެމްބަސަޑާ ރަމްޒީ ހުސައިން ނުވަތަ ޒުވާން ދަނޑުވެރިޔާއެވެ. އެ އިނީޝިއޭޓިވްގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރު ކުރުމަށް ގުދުރަތާއި ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ވެއެވެ.
އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފަ އެވެ.
އިސް ރަށް ވެހިންގެ ނާދީގައި އުރީދޫއިން ބޭއްވި އިވެންޓުގެ ތެރެއިން -- ފޮޓޯ: އުރީދޫ
އެ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެ ފަރާތްތަކުގެ އިވެންޓްތަކަށް ކަނެކްޓިވިޓީ އިތުރުވެގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީ އަށް ފޮތް ހަދިޔާކޮށްފަ އެވެ. އެ ހަދިޔާގެ ސަބަބުން އުމުރުން ދުވަސްވީ ރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި އެކި މައުލޫގެ ފޮތްތައް ކިޔާ މައުލޫމާތު އިތުރަށް މުއްސަނދި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އުރީދޫއިން މި އަހަރު ފެށި ޕްރޮގްރާމުގެ ހިއްސާއެކެވެ. އަދި ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ، ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.
Comment