Advertisement

މޯލްޑިވިއަން ހޮލިޑޭސްގެ ބަދަލުގައި، ސީދާ އެއާލައިނުތަކުން ޓިކެޓު ނަގަން ފިނޭންސުން އަންގައިފި

5 ޖުލައި 2024 - 15:31 0

މޯލްޑިވިއަން ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލުތަކަށް އަދިވެސް ޓިކެޓު ނަގަން ޖެހެނީ އެ އެއާލައިނުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މޯލްޑިވިއަން ހޮލިޑޭސްގެ ބަދަލުގައި، ސީދާ އެއާލައިނުތަކުން ޓިކެޓު ނަގަން ފިނޭންސުން އަންގައިފި

5 ޖުލައި 2024 - 15:31 0

ދައަލަތުން ހަރަދުކުރާ ގޮތަށް، ވައިގެ މަގުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހުރިހާ ގައުމުތަކަށް ކުރާ ދަތުރުތައް މޯލްޑިވިއަން ހޮލިޑޭސްއިން ކުރާ ގޮތަށް އަންގާފައި އޮތް ސާކިއުލާ ފިނޭންސް މިނިސްޓްރީން އުވާލައިފި އެވެ.

މޯލްޑިވިއަން ހޮލިޑޭސްއަކީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޓްރެވަލް ގޮތްޕެވެ. ސަރުކާރުން ކުރާ ހުރިހާ ދަތުރުތަކެއް އެތަނުން ކުރާ ގޮތަށް ހަމަޖެއްސީ ރައީސް ޔާމީންގެ ސަރުކާރުގައި ޖެނުއަރީ 2، 2016 ގައި ނެރުނު ސާކިއުލާއެއްގެ ދަށުންނެވެ.

މި ސާކިއުލާ އުވާލިކަން އަންގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާ ނެރުއްވާފައިވާ މާލިއްޔަތާބެހޭ ސާކިއުލާގައި ވަނީ، މިއަދުން ފެށިގެން މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލުތައް ފިޔަވައި އެހެނިހެން މަންޒިލުތަކަށް ކުރާ ދަތުރުތައް ސީދާ އެއާލައިންތަކުން ނެގުމަށް އަންގަވާފަ އެވެ.

އެގޮތުން ދަތުރުކުރާ އިރު، އެއާލައިންތަކުން އަގު ބެލުމަށް ފަހު، އެންމެ އަގު ހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއާލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓު ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް ފިނޭންސުގެ ސާކިއުލާގައިވެ އެވެ.

މޯލްޑިވިއަނުން މި ވަގުތު ރާއްޖޭން ބޭރުގެ މަންޒިލުތަކަށް ދަތުރުކުރަނީ އަވައްޓެރި ލަންކާ އާއި އިންޑިއާގެ (ތިން ސިޓީއެއްގެ) އިތުރުން ބަންގްލަދޭޝް އަށެވެ.

ސާކިއުލާގައި ސީދާ އެހެން ބަޔާންކޮށްފައި ނެތަސް، ބެލެވޭ ގޮތުގައި މިއީ ވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އުސޫލަށް ގެނައި ބަދަލެކެވެ.