Advertisement

ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު ބަންދަށް ބަދަލުކުރަނީ

5 ޖުލައި 2024 - 14:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޖީ ޝަމީމް: ޕީޖީ އޮފީހުން ވަނީ ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު ބަންދަށް ބަދަލުކުރަން ހުށަހަޅަން ފަށާފައިވާ ކަމަށް ބުނެފަ - ފޮޓޯ: އަދަދު


ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު ބަންދަށް ބަދަލުކުރަނީ

5 ޖުލައި 2024 - 14:26 0

ޖިނާއީ ކުށްތަކާ ގުޅިގެން ކޯޓުން އިއްވާ ޖޫރިމަނާގެ އަދަބަށްވާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަދަބު ޖަލު ހުކުމަކަށް ބަދަލުކުރަން ކޯޓުގައި އެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވަނީ، ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މީރާއިން އެ އޮފީހަށް އަންގާތާ 30 ދުވަހުގެ ތެރޭގައި އަދަބު ޖަލު ބަންދަން ބަދަލުކުރަން އެދެވޭނެ ކަމަށެވެ.

އެ އޮފީހުން ހަވާލާދީފައިވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށެވެ.

"މި އުސޫލާ ހަވާލާދީ، ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން މި އޮފީހަށްދޭ މައުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް މިއޮފީހުން މިގެންދަނީ ދަށުކޯޓަށް ހުށަހަޅަމުން،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މީގެ ފަހުން މި އުސޫލުގެ ދަށުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު ޖަލު އަދަބަށް ބަދަލުކުރެވޭނެ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަން ފާހަގަކޮށްފަ އެވެ.

އެ އޮފީހުން އިތުރަށް ބުނެފައިވަނީ ޖޫރިމަނާ އަދަބެއް ކޯޓުން ކަނޑައަޅަނީ ޖޫރިމަނާ ފައިސާ ދެއްކޭނެ ވަސީލަތް ހުރިކަން ކޯޓުން ކަށަވަރު ކުރުމަށްފަހުގައި ކަމަށާއި އެހެންކަމުން ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާ ނުދެއްކުމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެ ކަމަށެވެ.