Advertisement

ޔާމީނަށް ވަކާލާތު ކޮށްދެވިފައިވާ ނަމަ މައްސަލައިން ތަނާޒުލުވާނަން: ޕީޖީ އައްބާސް

1 އޮކްޓޯބަރު 2024 - 16:46 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު، އެމަގާމަށް ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޔާމީނަށް ވަކާލާތު ކޮށްދެވިފައިވާ ނަމަ މައްސަލައިން ތަނާޒުލުވާނަން: ޕީޖީ އައްބާސް

1 އޮކްޓޯބަރު 2024 - 16:46 1

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ދައުވާކުރި މައްސަލަތަކުގައި އެމަނިކުފާނުގެ "ޕާސަނަލް ލޯޔަރެއް" ގެ ގޮތުގައި މަސައްކަތް ކުރެވުނުކަން ހަނދާނަކު ނެތް ކަމަށާއި އެެގޮތަށް މަސައްކަތް ކުރެވިފައިވާ ނަމަ ޔާމީނާ ދެކޮޅަށް މިހާރު ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިން ތަނާޒުލު ވެވަޑައިގަންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ ޔާމީނު އަރިހުގައި މަސައްކަތް ކުރައްވާފައި ވާނީ ޕާޓީގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ. ޔާމީނުގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް ވަޑައިގެންނެވިފައިވާ ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެއްވޭނީ އައްބާސް ވިދާޅުވި ގޮތުގައި ރެކޯޑްތައް ބައްލަވައިގެންނެވެ.

"އަޅުގަނޑު ރެކޯޑްސް ބަލައިލާނަން [ޔާމީނުގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް ދެވިފައި ވޭތޯ]. އަޅުގަނޑަށް ކޯޓަށް ދެވިފައި ހުރި ކަމަށް ވަންޏާ ތަނާޒުލުވާން ޖެހޭ ހައިސިއްޔަތެއް އަންނާނެ އެހެންނޫންތޯ، އެހާލަތުގައި އަޅުގަނޑު ތަނާޒުލުވާނަން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް އެހެން ވިދާޅުވި ނަމަވެސް ޔާމީންގެ ދިފާއުގައި އައްބާސް ވަނީ ކޯޓުގައި ވަކާލާތު ކުރައްވައިފަ އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ތަނާޒުލުވާން ޖެހޭ ހާލަތުގައި ވެސް ޕީޖީ އޮފީހުން އެ މައްސަލައެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ނިޒާމެއް އެ އޮފީހުގައި އޮވެ އެވެ. އެގޮތަށް މަސައްކަތް ކުރަން ހަދާފައި އޮތް އުސޫލަށް އިތުބާރު އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީނަށް ދައުވާކުރާ މައްސަލައެެއްގެ މަޝްވަރާއެއް، ޕީޖީގެ މަގާމަށް ވަޑައިގެންނެވި ފަހުން އަދި ނުބާއްވާތީ އެފަދަ މަޝްވަރާއެއްގައި އަދި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.