Advertisement

ޕީޖީ އޮފީހަށް ޝަކުވާ ހުށަހަޅަން ރަސްމީކޮށް ހުޅުވާލައިފި

1 އޮކްޓޯބަރު 2024 - 18:49 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ޕްރޮސްކިޔުޓާ ޖެނެރަލް އައްބާސް ޝަރީފް. އޭނާ ވިދާޅުވީ ޝަކުވާތައް ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލަފައިވަނެ ކަމަށް


ޕީޖީ އޮފީހަށް ޝަކުވާ ހުށަހަޅަން ރަސްމީކޮށް ހުޅުވާލައިފި

1 އޮކްޓޯބަރު 2024 - 18:49 0

ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާ މެދު ހުރި ޝަކުވާތަކާއި ޕީޖީގެ ނިންމުމަކާއި މެދު ހުރި ޝަކުވާތައް ހުށައެޅުމަށް 20 ދުވަހުގެ މުއްދަތަކަށް ހުޅުވާލައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ މަސައްކަތަށް ނުކުމެ ތިން ހަފުތާ ތެރޭގައި ގިނަ އާންމުންތަކެއް ޝަކުވާ ހުށައެޅުމަށް ފޯނުކޮށް މެސެޖުކޮށް ހެދި ކަމަށާއި މިކަމާއި ގުޅިގެން އެބޭފުޅާ ބޭނުންވަނީ އެކަންތައް ފޯމަލައިޒް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ތިން ހަފުތާގެ ތަޖުރިބާގައި ވަރަށް ގިނަ ފަރާތްތަކުން އެކި ގޮތްގޮތަށް އަޅުގަނޑަށް ވަރަށް ގިނަ ޝަކުވާ ހުށައަޅަމުން އެބަ ގެންދަވާ. އޭގެ ތެރޭގައި އެސްއެމްއެސް އިންނާ ފޯން ކޯލުން ވެސް ހުށައަޅާފަ ޝަކުވާ އެބަހުރި، އެހެންވެ އަޅުގަނޑު ނިންމީ އެ ހުރިހާ ޝަކުވާގެ އިތުރުން ދެން ހުރި ޝަކުުވާއެއް ނަމަ އެކަން ފޯމަލައިޒް ކޮށްފަ. މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ވިހި ދުވަހުގެ މުއްދަތަަކަށް ހުޅުވާލަން" އައްބާސް ވިދާޅުވި އެވެ.

އާންމު ގޮތެއްގައި ފޯނުންނާއި ސިޓީ މެދުވެރިކޮށް ހުށައަޅާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ކުރެވިފައި ހުރި ދައުވާތަކުގެ ޝަކުވާ އާއި ކޯޓުތަކާއި ބެހޭގޮތުން ހުރި ޝަކުވާކަން އައްބާސް ފާހަގަކުރި އެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ މިގޮތަށް ޝަކުވާ ހުށައަޅާއިރު އެ ޝަކުވާއެއް ރިވިއުކުރަން ޖެހެނީ ކީއްވެގެންތޯ ރަނގަޅަށް ކިޔައިދޭން ވާނެ ކަމަށެވެ. އެއީ އޮފީހުގެ އެހެނިހެން މަސައްކަތްތަކުގެ އިތުރުން އެ ޝަކުވާތަކަށް ޖަވާބުދިނުމުގައި ފަސޭހަކަން އޮންނާނެތީ ކަމަށް ވެސް އައްބާސް ފާހަގަކުރި އެވެ.

އެއްވެސް މައްސަލައަކާއި ގުޅުގެން ކުރީގައި ނިންމަވާފައިވާ ނިންމުމެއް ބަދަލުކުރަނީ ކަމުގައި ވަނީނަމަ އެ ބަދަލުކުރި ސަބަބެއް ރައްޔިތުންނަށް ހާމަކުރާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ޕީޖީގެ މަސައްކަތްތަކުގައި ލަސްތަކެއް ނުހުންނާނެ ކަމަށާއި އަދި މިނިވަންކަމާއި އެކީގައި އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ނުފޫޒުގެ ދަށުން ޕީޖީން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އައްބާސް ދެއްވި އެވެ.