Advertisement

އުރީދޫ ފަން ރަން 2024 ލާމު އެޑިޝަން މިއަދު ފަށާނީ މުކުރިމަގުން

5 ޖުލައި 2024 - 06:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ފަން ރަން 2023ގެ ތެރެއިން: މި އަހަރުގެ ދުވުމަށް ވަނީ ތައްޔާރުވެފައި -- ފޮޓޯ: އުރީދޫ


އުރީދޫ ފަން ރަން 2024 ލާމު އެޑިޝަން މިއަދު ފަށާނީ މުކުރިމަގުން

5 ޖުލައި 2024 - 06:25 0

އުރީދޫ ފަން ރަން 2024 ލާމު އެޑިޝަން މިއަދު ލ. ގަން މުކުރިމަގު އަވަށުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ފަން ރަން "ލައިންއަޕް" ގަމުގެ މުކުރިމަގުގައި ހަވީރު 3:30 ގައި ކުރިއަށް ގެންދާއިރު، ދުވުން ފަށާނީ 4:00 ޖަހާއިރު އެވެ.

ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކުގެ އިތުރުން އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވާނެ އެވެ.

ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.


މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް ރޭސް ނިންމިދާނެ އެވެ.

ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.