Advertisement

އަލިފާނުގެ ހާދިސާގައި ގެެއްލުންވި އެކަކަށް އައިސީޔޫގައި ފަރުވާދެނީ

4 ޖުލައި 2024 - 21:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަލިފާނުގެ ހާދިސާ ހިނގި ގެ: އެތަނުން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި -- ފޮޓޯ: އެމްއެންޑީއެފް


އަލިފާނުގެ ހާދިސާގައި ގެެއްލުންވި އެކަކަށް އައިސީޔޫގައި ފަރުވާދެނީ

4 ޖުލައި 2024 - 21:06 0

މ. އެންޒިއަން ގޭގައި އަލިފާން ރޯވި 3ބީ އެޕާޓްމަންޓުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެ ސަރަހައްދަށް ގޮސް ވަގުތުން އަލިފާން ނިއްވާލި އެވެ. އަދި އެ ހާދިސާގައި ގެއްލުންވެ، ހާލުދެރަވި ފަސް މީހަކު ، އާންމުންގެ އެހިތެރިކަމާއެކު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އައިޖީއެމްއެޗްއިން ބުނީ ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އެމަޖެންސީގައި އަދިވެސް ފަރުވާދެމުން އަންނަ އިރު، އެކަކަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ފަސް މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ ދުމުގެ އަސަރުކޮށްގެންނެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) ބުނީ އެ ހާދިސާގައި އެޕާޓްމަންޓަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވުމުން، އެތަނުގައި ދިރިއުޅޭ ހަތަރު މީހުންނަށް 15 ދުވަހުގެ ވަގުތީ ހިިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ.