Advertisement

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް، ފަސް މީހަކަށް އަނިޔާވެ ފަރުވާދެނީ

4 ޖުލައި 2024 - 16:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި މީގެކުރިން ހިނގި އަލިފާނުގެ ހާދިސާއެއް: މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި ފަސް މީހަކަށް ދަނީ ފަރުވާ ދެމުން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް، ފަސް މީހަކަށް އަނިޔާވެ ފަރުވާދެނީ

4 ޖުލައި 2024 - 16:28 0

މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލާފައިވާއިރު، ފަސް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ފަސް މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ އެންމެންނަށް އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އަނިޔާވި ބައެއް މީހުން އާންމުންނާއި ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެ އެވެ.