4 ޖުލައި 2024 - 10:23 0
މުހައްމަދު ޝަހްޒާން
މާރުކޭޓުގައި ދެމީހެއްގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތެއް ކުރަނީ -- ފޮޓޯ: އަދަދު
4 ޖުލައި 2024 - 10:23 0
ހުޅުމާލޭ ރަށުމާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނީ ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. ބީލަން ފެށޭ އަގަކަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ 3500ރ. އެވެ.
މިފަހަރު ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ހުޅުވައިލީ 73.33 އަކަފޫޓުގެ ފަސް ގޮޅި އެވެ. ކުއްޔަށް ދޫކުރަނީ ދެ އަހަރުގެ މުއްދަތަކަށެވެ.
މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ:
ބީލަން ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ ޖުލައި 15، ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އާ ދެމެދު ރެހެންދި ސްކޫލް ހޯލުގަ އެވެ.
ބީލަން ހުޅުވަން ފަށާނީ 11:00 އާ ހަމައަށް ދޫކުރާ ޓޯކަން ނަންބަރުތަކަށް ފޯމު ބަލައިގަތުމަށްފަހު 11:30 އިން ފެށިގެންނެވެ.
ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުން ނުވަތަ ރެޖިސްޓާ ކޮށްގެން ހިންގާ ވިޔަފާރިއަކަށްވުމާއި ރަށުމާރުކޭޓުގައި މިހާރު ގޮޅިއެއް ހިންގާ ފަރާތެއް ކަމުގައި ނުވުމުގެ އިތުރުން އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކަށް ނުވުން ހިމެނެ އެވެ.
ބީލަން ފޯމާއެކު އައިޑީކާޑު ކޮޕީ އާއި ރެޖިސްޓާ ކޮށްފައިވާ ވިޔަފާރިއެއް ނަމަ ވިޔަފާރި ރެޖިސްޓަރޭޝަން ސެޓިފިކެޓު ކޮޕީއެއް ނުވަތަ ވިޔަފާރި ޕްރޮފައިލް ޝީޓާއި އެޗްޑީސީ ޑިއު ކްލިއަރެންސް ރިޕޯޓު ހުށަހަޅަން ޖެހޭނެ އެވެ. އޭގެއިތުރުން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 3500ރ. ފޯމު ހުށަހަޅާ ފަރާތުން ދައްކަން ޖެހެ އެވެ.
އެޗްޑީސީގެ ޑިއު ކްލިއަރެންސް ރިޕޯޓަކީ "ޑިއު ކްލިއަރެންސް ފޯމު" ހުށަހެޅުމުން ދޫކުރާ ރިޕޯޓެކެވެ. އެ ރިޕޯޓު ލިބޭނީ ޑިއު ކްލިއަރެންސް ފޯމު ހުށަހަޅާތާ ރަސްމީ ތިން ދުވަހުގެ ތެރޭގަ އެވެ.
އެޗްޑީސީން ބުނީ ގޮޅި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ދިނުމަށްޓަކައި ގޮޅި ކުއްޔަށް ހިފުމަށް އެދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ފޯމު ކަމަށެވެ.
ނަމަވެސް ބަދަލުގައި ފޯމު ހުށަހަޅާ ފަރާތްތަކަށް ގިނަވެގެން ފަސް ފޯމު ހުށަހެޅޭނެ ކަމަށް އެޗްޑީސީގެ މައުލޫމާތު ޝީޓުގައި ބުނެފައިވެ އެވެ.
ރަށު މާރުކޭޓުގެ ގޮޅިތަކުގައި ކުރުމަށް އެޗްޑީސީން ހުއްދަ ދެ ވިޔަފާރިތަކަކީ:
މީގެ އިތުރުން ގޮޅި ކުއްޔަށް ހިފާ ފަރާތުން ސާފު ކުރަން ބޭނުންވާނެ މުހިންމު މައުލޫމާތުތައް އެޗްޑީސީގެ މައުލޫމާތު ޝީޓުގައި ބަޔާން ކޮށްފައިވެ އެވެ.
Comment