Advertisement

ވަގުތާއި ފުރުސަތުގެ ބޭނުން ހިފަން އެނގޭނަމަ "ސްމާޓް" ވާނެ: ރައީސް

3 ޖުލައި 2024 - 14:48 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ވަގުތާއި ފުރުސަތުގެ ބޭނުން ހިފަން އެނގޭނަމަ "ސްމާޓް" ވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ވަގުތާއި ފުރުސަތުގެ ބޭނުން ހިފަން އެނގޭނަމަ "ސްމާޓް" ވާނެ: ރައީސް

3 ޖުލައި 2024 - 14:48 2

ވަގުތާއި ފުރުސަތުގެ ބޭނުން ހިފަން އެނގޭނަމަ "ސްމާޓް" ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސީއެޗްއެސްއީ ބިލްޑިންގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވިދާޅުވީ ލިބޭ ފުރުސަތުތަކަކީ އާދައިގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި ލިބޭ ވަގުތަކީ ދެން އަނބުރާ އަންނާނެ އެއްޗެއް ނޫން ކަމަށެވެ.

"އެއްގޮތަކަށް ވެސް އާދައިގެ ކަމެއް ގޮތުގައި ދެކިގެން ނުވާނެ ލިބޭ ފުރުސަތު. މި ވަގުތަކީ ދެން އަންނާނެ ވަގުތެއް ނޫން. ލިބޭ ވަގުތުގެ، ލިބޭ ފުރުސަތުގެ ބޭނުން ހިފުމަކީ ކާމިޔާބީއާއި ނާކާމިޔާބީގެ ތަފާތު. ވަގުތު އަނބުރާ ނާންނާނެ. ވެން އިޓްސް ގޯން އިޓްސް ގޯން. ނިމުނީ. އެހެންވީމަ ވަގުތު ފުރުސަތުގެ ބޭނުން ހިފަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ. އެއީ ސްމާޓުވުމަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ އަޒުމެއް ހުރުން މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުން ކަމަށެވެ.

މަތީ ސާނަވީ ތައުލީމަކީ މުސްތަގުބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ތިމަންނަގެ ކިބައިގައި އެބަހުއްޓޭ އެކަމެއް ހާސިލުކުރުމުގެ ފެންވަރު، އެ ގެރެންޓީ. އެ ކޮންފިޑެންސް އަމިއްލަ ނަފްސަށް އޮންނަން ޖެހޭނެ. އެއީ ކުޑަ ކުޑަ ކަމެއް ވިޔަސް. ހަޔާތުގައި އަންނާނެ ވަރަށް ގިނަ ކަންތައްތައް. އެހެންނަމަވެސް ކޮންމެ ކަމެއް ވެސް ހާސިލުވާނީ ފުރަތަމަ އަމިއްލަ ނަފްސަށް އިތުބާރު ކުރެވިގެން،" ރައީސް ވިދާޅުވި އެވެ.

ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އެކަންކަން ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.