Advertisement

119 ކިލޯގެ ޑްރަގް މައްސަލަ: ކުށް ސާބިތު ނުވި ސުނައިނުގެ މައްސަލަ އިސްތިއުނާފު ކުރަނީ

2 ޖުލައި 2024 - 17:14 0

ނިމާ ހަސަން

ނިމާ ހަސަން

119 ކިލޯގެ މައްސަލާގައި ދައުވާކުރި ތިން މީހުން: ކުށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކަކުގެ މައްޗަށް


119 ކިލޯގެ ޑްރަގް މައްސަލަ: ކުށް ސާބިތު ނުވި ސުނައިނުގެ މައްސަލަ އިސްތިއުނާފު ކުރަނީ

2 ޖުލައި 2024 - 17:14 0

މީގެ ދެ އަހަރު ކުރިން ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތު ނުވި, އަހުމަދު ސުނައިނުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ކުރީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރާއި, ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނު އަދި، ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ. އޭގެ ތެރެއިން ދައުވާ ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަންޏެވެ.

ޕީޖީ އޮފީހުން ބުނީ, ސުނައިނުގެ ބައިގައި ހުކުމަށް ވާސިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް، ސުނައިނުގެ ބައިގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމުން، ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ މިމަހު 8 އަށް ވާތީ, އެ ތާރީހުގެ ކުރިން އިސްތިއުނާފު ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ކުށް ސާބިތު ނުވާ މީހުންގެ ތެރެއިން ސުނައިނުގެ ބައި އެކަނި އިސްތިއުނާފު ކުރަން ނިންމީ, މުޖާހިދުގެ ބައި އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލުގެނެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި ކުށް ސާބިތުވި ޒުބައިރުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއްގެ އިތުރަށް 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން މިދިޔަ މާޗު 21، ގައި ކްރިމިނިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.