1 ޖުލައި 2024 - 16:37 0
ލީވާން އަލީ ނާސިރު
ޕްރިޒަން އޮފިސަރަކަށް ހަމަލާދޭން އުޅުނު ދެ މީހުން: ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ދެ މީހުން ވެސް ބަންދުކޮށްފައި -- ފޮޓޯ: ފުލުހުން
1 ޖުލައި 2024 - 16:37 0
ހުޅުމާލޭގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު މައްސަލައެއްގައި ދެ މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ޖޫން 11، ގައި ހާދިސާއާ ގުޅިގެން ހައްޔަރުކުރީ އަހްމަދު އިޔާޒް، މިރިހިމާގެ، ރ. އިނގުރައިދޫ، 24 އަދި އަހްމަދު ރަބީއު، ގްލޭނޫރަންމާގެ، ގއ. މާމެންދޫ، 26 އެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެ މީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ކަމަށެވެ.
މި ހާދިސާގައި ޕްރިޒަން އޮފަސަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ އަހުމަދު އިޔާޒް ހައްޔަރުކުރީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ ޖޫން، 14 ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަހުމަދު ރަބީއު ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް ޖޫން، 20 ގައި ކަމަށެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފަ އެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment