Advertisement

ގެއަކަށް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް ބިރުދެއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

9 މާރިޗު 2025 - 14:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު: ގޭގެ ވެރިމީހާއަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދޭ --- ފޮޓޯ: ފުލުހުން


ގެއަކަށް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް ބިރުދެއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

9 މާރިޗު 2025 - 14:59 0

މާލޭގެ ގެއަކަށް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް ބިރުދެއްކި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ބިރުދައްކާ އިންޒާރު ދިނީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިއަކަށް ކަަމަށެވެ. އެ މައްސަލަ ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ހާދިސާއެއްގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް މިއީ އެ ހާދިސާކަން ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ.

މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރީ ހަމަ އެ ގެއަށް ރޭ މެންދަމު 12:45 ހާއިރު ގެއްލުން ދެނިކޮށް އެ ތަނަށް ފުލުހުން ގޮހެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް، 23، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް، 21، ނ. މަނަދޫ، ހޭވަލި، މުހައްމަދު އަޒާން، 23، އަދި ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު، 21، އެވެ.

އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއި މައްސަލަ އިތުރާށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.