1 ޖުލައި 2024 - 13:56 0
ލީވާން އަލީ ނާސިރު
އައިޖީއެމްއެޗް: ހެލްތު މިނިސްޓްރީން ވަނީ އައިޖީއެމްއެޗް ހިމެނޭ ގޮތަށް މާލެ ސިޓީގައި ތިން ފްލޫ ކްލިނިކެއް ހުޅުވާފައި --
1 ޖުލައި 2024 - 13:56 0
މިނިސްޓްރީ އޮފް ހެލްތުން މާލެ އާއި މާލެ ސަރަހައްދުގެ ބައެއް ތަންތަނުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ހާއްސަ ފްލޫ ކްލިނިކުތައް ހުޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ އަދި ވިލިމާލޭގައި ކަމަށެވެ.
މި ފްލޫ ކްލިނިކްތައް ގާއިމު ކުރީ ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށް ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"އެ ފަރާތްތަކަށް ހާއްސަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް ފިޔަވަޅު މި ކްލިނިކުތަކުގެ ސަބަބުން އެޅޭނެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ހާއްސަ ކްލިނިކްތައް ގާއިމްކޮށްފަ ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
މި ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެން ސަރަޙައްދުތަކާއި އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހީ ދާއިރާ ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
އެހެންކަމުން،މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ޙައްޖުން އެނބުރި އަންނަ އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ، އެ ކްލިނިކްތަކުގެ ބޭނުން ހިފުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment