Advertisement

ޓްރީޓޮޕުން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބާއްވައިފި

1 ޖުލައި 2024 - 18:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރީޓޮޕުން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބެއްވުން -- ފޮޓޯ: ޓްރީޓޮޕް


ޓްރީޓޮޕުން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބާއްވައިފި

1 ޖުލައި 2024 - 18:47 0

ޓްރީޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅަށް ހުޅުވާލައިގެން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ބާއްވައިފި އެވެ.

ދެ ދުވަހަށް ކުރިޔަށް ގެންދިޔަ މި ކޭމްޕުގައި ވިލިނިގިލީގެ އިތުރުން ގއ. އަތޮޅުގެ މާމެންދޫ، ކޮލަމާފުށި، ގެމަނަފުށި، ދާންދޫ، ކޮނޑޭ، ނިލަންދޫ އަދި ކަނޑުހުޅުދޫއިން 317 މީހުން ބައިވެރިވެ، ޑޮކްޓަރަށް ދެއްކި އެވެ.

ޑޮކްޓަރަށް ދެއްކުމުގެ އިތުރުން މި ކޭމްޕުގައި ބަލިތައް ދެނެގަތުމާއި، ސިއްޙީ ހޭލުންތެރިކަމާއި އަދި ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެވޭ ފަރުވާގެ މައުލޫމާތު ވަނީ އާންމުންނާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ހިއްސާކޮށްފަ އެވެ.

ޓްރީޓޮޕުގެ ސީއީއޯ ޑރ. ސްރިވަޓްސްން ސްރިދާރް ޖީ ވިދާޅުވީ، މިއީ މާލެއިން ދުރު ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައިވާ ފަރާތްތަކަށް ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ.

މާލެއަށް ދަތުރު ކުރުމަށް ހޭދަވާ ވަގުތާއި، ހަރަދު ސަލާމަތް ކުރެވި، ފަސޭހައިން މީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުނުކަން ފާހަގަކުރައްވައި އޭނާ ވަނީ ގއ. އަތޮޅު ހޮސްޕިޓަލަށާއި ކައުންސިލަށް މި ކޭމްޕް ބޭއްވުމަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކޮށްފަ އެވެ.

ޓްރީޓޮޕުން ގއ. ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބެއްވުން -- ފޮޓޯ: ޓްރީޓޮޕް


ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރުކެވެސް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕްތައް ބާއްވަ އެވެ. އަދި ކުރިއަށް އޮތްތާ އިތުރު އެހެން ސަރަހައްދު ތަކުގައިވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕުގައި ބައިވެރިވި ޑޮކްޓަރުން:

  • ޑރ. އަބްދުލް އަޒީޒް Consultant Interventional Cardiologist
  • ޑރ. ޗަންދްރަޝޭކަރު ރަވާލް - Consultant ENT specialist
  • ޑރ. މުހައްމަދު ހަބީބް - Consultant Orthopaedics and Trauma Surgeon
  • ޑރ. އަލީ މުޒްނީ - Consultant Orthopaedics and Trauma Surgeon
  • ޑރ. ތެހްޒީބް ފާރުގީ - Consultant Pulmonologist
  • ޑރ. މެހްމުތް އޮޑާ - Consultant Urologist

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.