1 ޖުލައި 2024 - 09:31 0
ލީވާން އަލީ ނާސިރު
ހުސެއިން އާދަމް ބިލްޑިން: ޑޭޓާ ގެއްލުނު ހާދިސާއާއި ފުޓޭޖު ގެއްލުނު ހާދިސާއާ ގުޅޭތޯ ބަލާ ކަމަށް ފުލުހުން ބުނި
1 ޖުލައި 2024 - 09:31 0
ފުލުހުންގެ ޑޭޓާތަކެއް ގެއްލުނު ހާދިސާ އާއި ސީސީޓީވީ ފުޓޭޖު ގެއްލިގެން މާރާމާރީއެއްގެ މައްސަލައަކުން ބަޔަކު ސަލާމަތްވި މައްސަލައިގެ ހާދިސާއާ ގުޅުންހުރިތޯ ބަަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ ކެފޭއެއް ތެރޭގައި 2017 ގައި ޒުވާނަކަށް ކޯރާޑީއަކުން ދިން ހަމަލާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅަން ޖެހޭ ފުލުހުންގެ ސީސީޓީވީ ފުޓޭޖު ގެއްލުމުން، ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ބުރށްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
"2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖު ސިސްޓަމަށް މައްސަލައެއްދިމާވެ ފުލުހުންގެ ބައެއް ޑާޓާވަނީ ގެއްލިފައި. މިހާދިސާ ދިމާވުމުން ގިނަ ކްރިޓިކަލް ޑާޓާ ރީސްޓޯ ކުރެވުނު. އެހާދިސާއާއި ގުޅޭގޮތުން، މިފުޓޭޖާއި ގުޅުންހުރިތޯ މިދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
ހުކުމުގައި ބުނެފައި ވަނީ މައްސަލައިގެ ތަހުގީގުން ބަލާ ދިރާސާކުރި ކަމަށް ކެމެރާ ފުޓޭޖުތަކުގެ ތެރެއިން އެންމެ ސާފު އަދި އެންމެ މުހިންމު ކެމެރާ ފުޓޭޖަކީ ޕޮލިސް ކެމެރާ ފުޓޭޖު ކަމަށާއި ނަމަވެސް ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ޕޮލިހުގެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެއްވެސް ކެމެރާއެއްގެ ފުޓޭޖު މިހާތަނަށް ނުނެގޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
އޭގެއިތުރުން ތުހުމަތުކުރެވޭ މީހުން އައި ރޫޓާއި ދިޔަ ރޫޓު އެނގެން އޮތީވެސް ޕޮލިސް ކެމެރާ ފުޓޭޖުން ކަމަށާއި ކެމެރާ ފުޓޭޖުތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހޭދައެއް ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ފުލުހުންނަށް އެ އިދާރާގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓުން ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެއްވެސް މީހެއްގެ ވީޑިއޯ ކޮމްޕެރިޒަން ހެދިފައި ނުވާކަން ފާހަގަކުރަން،" ހުކުމުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ކުރި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް މީހަކަށް ނުރައްކާތެރި ހާނިކައެއް ވާ ގޮތަށް ހަތިޔާރު ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށް މާރާމާރީ ހިންގުމުގެ ދައުވާ ކުރި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment