Advertisement

ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ހަމަޖެއްސި ގޮތެއް ފުލުހުން ނުބުނި!

1 ޖުލައި 2024 - 08:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް ޕޮލިސް ސާވިސް މިހާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް އޮފިސަރު ކަމުގައިވާ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު ޝިފާން.


ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ހަމަޖެއްސި ގޮތެއް ފުލުހުން ނުބުނި!

1 ޖުލައި 2024 - 08:01 0

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ތުއްތު ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ހަމަޖައްސައިދީފައި ވާނެ ކަމަށް ބުނި ނަމަވެސް، އެއީ ކޮން ގޮތެއް، ކޮން އިންތިޒާމެއް ކަން ބުނެދޭން ފުލުހުން ބޭނުމެއް ނުވި އެވެ.

ޝަމްނާޒްގެ އާއިލާއާ ހަވާލާދީ "އަދަދު" އިން ޝާއިއު ކޮށްފައިވާ ހަބަރު އެކްސްގައި ރީޕޯސްޓު ކުރައްވައި ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން، ޖޫން 29 ގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް ޔަގީން ކޮށްދޭ ކަމަށެވެ.

"މިއީ ހަގީގަތާއި ހިލާފު މައުލޫމާތެއް، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް އެފަރާތްތަކަށް ޔަގީންކޮށްދޭ، އެމަގުން މިކަންވެސް ހަމަޖެހިފައިވާނެކަން ވާނީ އެންގިފައި،" ޝިފާންގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އެއް އަހަރާއި ފަސް މަހުގެ އެ އަންހެން ކުއްޖާއަށް ގާތުން ދިނުމަށް ފުލުހުން ހަމަޖައްސައި ދީފައި ވަނީ ކޮން އިންތިޒާމެއް، ކޮން އުސޫލެއްތޯ ސާފުކުރަން ތަކުރާރުކޮށް ސުވާލުކުރުމުން، އެކަމަށް ޖަވާބު ދިނުމަށް ފުލުހުންގެ މީޑިއާ އަދި ޝިފާނު ވެސް ބޭނުން ނުވި އެވެ.

އެ ސުވާލާ ގުޅޭ މެސެޖު ޝިފާނު ބެއްލެވުމަށް ފަހު މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ޝަމްނާޒުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުން މަހުރޫމް ކޮށްފައިވާއިރު ގާތުން ދިނުމާ ގުޅޭ ގޮތުން ހައި ކޯޓުން އޮތީ މުހިންމު ނިންމުމެއް ނިންމައިފަ އެވެ.

"ބަންދުގައި ޖަލުގައި ބަހައްޓަންޖެހޭ ފަރާތް ޖަލުގައި ބަހައްޓައިފި ނަމަ ގާތުން ކިރުބޯ ކުއްޖަކަށް ކިރު ނުދެވި އެ ކުއްޖާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވުން ފަދަ ހަރުދަނާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރި ނަމަ އެ ހާލަތު ނުވަތަ އެ ހާލަތުތައް އެފަދައިން ހުރިކަން ކަށަވަރުކުރުމާއެކު އެ ޒަރޫރީ ހާލަތުގެ މައްޗަށް ބިނާކޮށް އެފަދަ ފަރާތެއްގެ ބަންދަށް ލުޔެއް ދެވިދާނެ ކަމަށް ގަބޫލު ކުރެވޭ،" ސެޕްޓެމްބަރު 26، 2018، ގައި ހައި ކޯޓުން ނިންމި ނިންމުމެއްގައި ބުނެފައިވެ އެވެ.