Advertisement

ދިއްލީ އެއާޕޯޓުގައި ބޯކޮށް ވާރޭވެހި ފުރާޅެއް ވެއްޓި އެކަކު މަރުވެއްޖެ

30 ޖޫން 2024 - 12:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑިއްލީ އެއާޕޯޓުގެ ފުރާޅެއް ވެއްޓުން: ހާދިސާގައި އެކަކު ވަނީ މަރުވެފައި -- ފޮޓޯ: އެކްސް


ދިއްލީ އެއާޕޯޓުގައި ބޯކޮށް ވާރޭވެހި ފުރާޅެއް ވެއްޓި އެކަކު މަރުވެއްޖެ

30 ޖޫން 2024 - 12:35 0

އިންޑިއާގެ ނިއުދިއްލީއަށް ބޯކޮށް ވާރޭވެހި އިންދިރާ ގާންދީ އިންޓަނޭޝަލް އެއާޕޯޓު ޑޮމެސްޓިކް ޓާމިނަލްއެއްގެ ފުރާޅެއް މިއަދު ވެއްޓި އެކަކު މަރުވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ފުރާޅު ވެއްޓުނު ޓާމިނަލްއިން ދަތުރުކުރަން އޮތް ހުރިހާ ފްލައިޓެއް ކެންސަލް ކޮށްފައިވާއިރު، އެ ޓާމިނަލްގައި ތިބި މީހުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފަ އެވެ.

ދިއްލީ ފަޔާ ސާވިސްއިން ބުނީ ހާދިސާގައި އަށް މީހަކަށް އަނިޔާވި ކަމަށާއި ފުރާޅު ވެއްޓުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފުރާޅު ވެއްޓިފައި ވަނީ 2009 ވަނަ އަހަރު ހުޅުވި ބިލްޑިންއެއްގަ އެވެ.

މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައިވާއިރު، އާންމުން ވަނީ ދިއްލީ އެއާޕޯޓުގައި ހުރި މައްސަލަތަކާ ގުޅޭ ކަންބޮވުން ފާޅުކޮށްފަ އެވެ.

ދިއްލީއަށް އިއްޔެއިން ފެށިގެން ބޯކޮށް ވާރޭވެހެމުން އަންނައިރު، މަގުތަކުގައި ފެންބޮޑުވެ ދަތުރުފަތުރުތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ.