Advertisement

ބަކާ ނިޔާވުން: ރައީސް މުއިއްޒު އަދި ގިނަ ބައެއްގެ ތައުޒިޔާ ބަކާއަށް

25 ޖޫން 2024 - 19:29 0


ބަކާ ނިޔާވުން: ރައީސް މުއިއްޒު އަދި ގިނަ ބައެއްގެ ތައުޒިޔާ ބަކާއަށް

25 ޖޫން 2024 - 19:29 0

ފުޓުބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން، ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، އެނބުރި މާލެ އައި، ބަކާ، 38، ހުން އައިސް، ހާލަތު ދެރަވާތީ، އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން، އޭނާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. އައިސީޔޫގައި ފަރުވާދޭން ފެށީ ނޭވާލާން އުނދަގޫތަކެއް ހުރުމުންނެވެ.

ބަކާ ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެ, އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ, ބަކާ ނިޔާވުން އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް," ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބަކާ ނިޔާވުމާއި ގުޅިގެން ރައީސް މުއިއްަޒު އެކްސްގައި ކުރެއްވި ޕޯސްޓް


ސ. ހިތަދޫ އަށް އުފަން ބަކާ ކެރިއަރު ފެށީ އައިލެންޑް ފުޓްބޯލްް ކްލަބް (އައިއެފްސީ) އިން 2004 ވަނަ އަހަރު އެވެ.

ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.

ގައުމީ ޓީމުން، 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ. ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.