Advertisement

ޓްރީ ޓޮޕްގެ ހޯމް ކެއާ: ގޭގައި ތިބެގެން ފިޒިއޯތެރަޕީ ފަރުވާ ހޯދޭނެ

26 ޖޫން 2024 - 07:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރީޓޮޕް ހޮސްޕިޓަލް: ގެއިން ފިޒިއޯތެރަޕީ ހެދޭ "ހޯމް ކެއާ" ހިދުމަތް އެ ހޮސްޕިޓަލުން ވަނީ ތައާރަފްކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޓްރީ ޓޮޕްގެ ހޯމް ކެއާ: ގޭގައި ތިބެގެން ފިޒިއޯތެރަޕީ ފަރުވާ ހޯދޭނެ

26 ޖޫން 2024 - 07:15 0

ހޮސްޕިޓަލަށް ޒިޔާރަތް ނުކޮށް، ގޭގައި ތިބެގެން ފިޒިއޯތެރަޕީގެ ފަރުވާ ހޯދޭނެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން އިއްޔެ ތައާރަފުކޮށްފި އެވެ.

ޓްރީޓޮޕުން ބުނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި ތަދު ތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދާ ފަރާތްތަކާއި، ސާޖަރީ އަށް ފަހު ފިޒިއޯ ބޭނުންވާ ފަރާތްކާއި އަދި އެހެނިހެން އަނިޔާތަކާހުރެ ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކަށް، ހޯމް ކެއާގެ ނަމުގައި އެ ހޮސްޕިޓަލުން ތައާރަފުކުރި ހިދުމަތުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތް ފުރަތަމަ މާލޭ ސަރަހައްދަށް ތައާރަފުކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ސަރަހައްދުތަކަށް ވެސް ހިދުމަތް ފުޅާކުރާނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

ހޯމް ކެއާ ހިދުމަތުގެ ދަށުން ލިބޭ ފިޒިއޯތެރަޕީ ފަރުވާތައް:

  • ޕޯސްޓް ސާޖިކަލް ރިހެބިލިޓޭޝަމް - Post-surgical rehabilitation
  • ސްޓްރޯކް ރިހެބިލިޓޭޝަން - Stroke rehabilitation
  • ކްރޯނިކް ރިހެބިލިޓޭޝަން - Chronic rehabilitation

ހޯމްކެއާ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

ހެނދުނު: 7:00 އިން 9:00 އަށް

ރޭގަނޑު: 8:00 އިން 10:00 އަށް

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ޓްރީޓޮޕުން ވަނީ އެދިފަ އެވެ.

ޓްރީޓޮޕުން އަންނަނީ ރާއްޖެއަށް އެންމެ ބޭނުންތެރި މުޅިން އާ ހިދުމަތްތައް ތައާރަފްކޮށް، އެ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތައް ފުޅާކުރަމުންނެވެ.