Advertisement

ސިނަމާލެ ފްލެޓަކުން ދަނގަޑުތަކެއް ވަގަށް ނެގި ބަޔަކު އަތުލައިގެންފި

25 ޖޫން 2024 - 11:06 0

ނިމާ ހަސަން

ނިމާ ހަސަން

ސިނަމާލެ ފްލެޓެއް; ސިނަމާލެ ތިނަކުން ވައްކަން ކުރި ތިން މީހަކު އަތުލައިގަނެފައިވޭ -- ފޮޓޯ: އަދަދު


ސިނަމާލެ ފްލެޓަކުން ދަނގަޑުތަކެއް ވަގަށް ނެގި ބަޔަކު އަތުލައިގެންފި

25 ޖޫން 2024 - 11:06 0

ސިނަމާލެ ތިން ވަނަ ފްލެޓުގައި ހުރި އާތު ދަނގަނޑުތަކެއް ވަގަށް ނެގި ބަޔަކު އަތުލައިގެންފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ, ސިނަމާލެ ތިން ވަނަ ފްލެޓުގެ ޓެރަސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަނގަޑުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށާއި, އެކަން ކޮށްފައި ވަނީ ސިނަމާލެ ދޭއްގައި ދިރިއުޅޭ ބަޔަކު ކަމަށެވެ.

އަދި އެކަން ކުރި ތިން ފިރިހެނުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސިނަމާލެ ތިން ވަނަ ފްލެޓުގެ ޓެރަސް މަތިން ވައްކަން ކުރަން އުޅުނު މައްސަލަ މިއަދު 5:01 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންނަކީ ދިވެހި ފިރިހެނުންކަން ހާމަކޮށް ފުލުހުން ބުނީ އެއީ އުމުރުން 35 އަހަރުގެ ދެ މީހުންގެ އިތުރުން އުމުރުން 42 އަހަރުގެ މީހަކު ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.