24 ޖޫން 2024 - 10:03 2
24 ޖޫން 2024 - 10:03 2
މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރުގެ ފަހު ކޮޅު މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް-19 އަށް ތައްޔާރު ކުރި ވެކްސިން ޖަހައިގެން ދިވެހިރާއްޖެއިން ބަޔަކު މަރުވި ކަމަށާއި އެކަމުގައި އިހުމާލެއްވާ ނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ ސީދ ވެކްސިން ޖަހައިގެން ރާއްޖެއިން އެތައް ބަޔަކު މަރުވި ކަމަށާއި ކޮމިޓީއެއް ހަދައިގެން ނަމަވެސް އެކަން ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
"ވެކްސިން ބޮޑު އަގުގައި ވިއްކި މީހުންނާއި އަދި އެ ވެކްސިން ޖަހައިގެން މަރުވެގެން ދިޔަ އާއިލާތަކާ، އެމީހުންނަށް ހައްގު ހޯދައިދިނުމަށްޓަކައި މިކަންކަމުގައި އިހުމާލުވި ފަރާތްތައް، ކޮމިޓީއެއް ހަދައިގެން ނަމަވެސް ބަލައި، ތަހުގީގުކޮށް ފިޔަވަޅު އަޅަން [ޖެހޭ]،" އިބްރާހިމް ވިދާޅުވި އެވެ. "ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އަދިވެސް އެ ތިބީ ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވިފައި އޮތީމަ."
ކޮވިޑްގެ ވެކްސިންއާ ގުޅުވައި އިތުރަށް އިބްރާހިމް ވިދާޅުވީ މީހުންގެ ފުރާނައަށް ނުރައްކާ ފަދަ އަމަލުތައް ކޮށްފައި ހުރި މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"ފާއިތުވި ތަނުގައި މި ދެންނެވި މީހުންގެ ފުރާނައަށް ގެއްލުންވާ ކަހަލަ އަމަލުތައް ކޮށްފަ ތިބި މީހުން ތަހުގީގުކޮށް އެއީ އަދަބު ދެވެންޖެހޭ ކަމެއް ކަމުގައިވާ ނަމަ އެކަމަށް އަދަބުދީ ޒިންމާދާރު ކުރުވައި އަދި އެއީ އަދަބު ނުދެވެންޖެހޭ ކަމެއް ކަމުގައިވާ ނަމަ އެކަންކަމުން އެމީހުން ބަރީއަކޮށް އެމީހުންގެ މައްޗަށް އޮތް ތުހުމަތުތައް ފިލުވުމަކީ ވެސް ހަމަ ހަގީގަތުގައި ވެސް މުހިންމު ކަމެއް ކަމުގައި ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ބޭނުން ކުރީ އަސްޓްރާ ޒެނެކާގެ ކޮވިޝީލްޑް އަދި ފައިޒާއިން އުފެއްދި ވެކްސިނެވެ. އޭގެ ތެރެއިން ކޮވިޝީލްޑުގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކެއް ދިމާވާ ކަމަށް ވެކްސިން އުފެއްދި ކުންފުނިން ކޯޓުގައި އިއުތިރާފުވި ކަމަށް ބައެއް މީޑިއޯ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ކޮވިޑު ޖެހިގެން މުޅި ދުނިޔެއިން ހަތް މިލިއަނަށްވުރެ ގިނަ މީހުން މަރުވި އެވެ. ރާއްޖޭގައި އެ ބަލި ޖެހިގެން 316 މީހުން މަރުވި އެވެ. ރާއްޖޭގައި ޖުމުލަ 186,694 މީހުންނަށް ކޮވިޑު ޖެހުނެވެ. ކޮވިޑަކީ މިފަހުން ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި އެއް ބައްޔެވެ. ބަލި ފެނުނީ ޗައިނާއިންނެވެ. މިހާތަނަށް ޔަގީންނުވި ނަމަވެސް ބެލެވޭ ގޮތުގައި ކޮވިޑް ވައިރަސް އިންސާނެއްގެ ގަޔަށް އެރީ ވާލަކުންނެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އޮނަރަބަލް ޖަވާބު
9 months ago
ރަނގަޅު. ހެލްތު މިނިސްޓަރު ހާޒިރު ކުރައްވާ ޖަވާބުދާރީ ކުރުވާ. ތިޔަހެން ހޮޅި ވާހަކަ ނުދައްކަވާ، ވަޒީރާއި މިނިސްޓްރީގެ ބޭފުޅުން ގާތު އައްސަވާ. އާއިލާތައް ނެތިފައިވާނަމަ ކޮމްޕެންޒޭޝަންވެސް ހޯއްދަވައިދެއްވާ. ކުރީގެ މިނިސްޓަރު އިހުމާލުވެފައިވާނަމަ، ބަންްޑާރަ ނައިބު ލައްވާ ދައުވާ ކުރައްވާ.
ކިއްބާ
9 months ago
މީ އެންޓި ވެކްސް ސޭކެއް
Comment