Advertisement

“ޕާޓީތަކުން ހިންގާ ޓީވީ ޗެނަލްތައް” މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ބުނެ އިންޒާރު ދީފި

24 ޖޫން 2024 - 14:08 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު: ޓީވީ ޗެނަލްތައް މަޖިލީހަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު ދެއްވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


“ޕާޓީތަކުން ހިންގާ ޓީވީ ޗެނަލްތައް” މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ބުނެ އިންޒާރު ދީފި

24 ޖޫން 2024 - 14:08 1

"ޕާޓީތަކުން ހިންގާ ޓީވީ ޗެނަލްތައް" ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ރޭ މީޑިއާތަކަށް އިންޒާރެއް ދެއްވައިފި އެވެ.

ޕީއެންސީގެ ޖަގަހަ "ހައުސް އޮފް ޕީއެންސީ" ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ދޮގުތައް އުފައްދަނީ ދައުލަތުން ހަރަދުކުރާ ސިޔާސީ ޕާޓީތަކުން ޓީވީ ޗެނަލްތައް ހަދައިގެން ކަމަށެވެ.

އެ ޓީވީ ޗެނަލްތަކުން ސަރުކާރާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާނަމަ، ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްގެން ސުވާލުތައް ކުރާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.

"ޒިންމާދާރުކަން ހުރި ގޮތަކަށް ޖަވާބުދޭން ޖެހޭނެ. ރައްޔިތުންގެ މަޖިލީހުގައި އެބަހުރި ދައުލަތުގެ ހަޒާނާއަށް މާލިއްޔަތަށް ގެއްލުންދިނީމަ އެކަން ކަމަށް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ކޮމިޓީތައް،" ފަލާހް ވިދާޅުވި އެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ ދޮގުތައް ހަދަމުން އައިސް، އެ ދޮގުތައް ބޮޑުވެ 100 އެއްހާ ކިލޯގެ ދޮގު ގޯނިތައް ހަދާފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މިގޮތަށް ވިދާޅުވެފައި މިވަނީ މި ސަރުކާރުން ޓީވީ ޗެނަލްތަކަށާއި އޮންލައިން ނޫސްތަކަށް ދަތިކުރަމުން އަންނަ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ދީފައިވާ އަސާސީ މިނިވަން ކަމަކަށްވާއިރު، މި ސަރުކާރުން އަންނަނީ ނޫސްވެރިކަމަށް ހާއްސަ ބިލެއް ތައާރަފްކުރަން ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގައި 219 އަށް ވުރެ ގިނަ ނޫސް އަދި މަޖައްލާ ރަޖިސްޓްރީކޮށްފައިވެ އެވެ. އެއީ ކްލަބް ޖަމިއްޔާ އާއި ސްކޫލް ފަދަ ތަންތަނުން ނެރޭ މަޖައްލާތައް ވެސް ހިމެނޭ ގޮތަށެވެ.

މީގެއިތުރުން ރާއްޖޭގައި ދައުލަތުގެ ޓީވީ ޗެނަލްތަކާއެކު 15 ވަރަކަށް ޓީވީ ޗެނަލް ރަޖިސްޓްރީކޮށްގެން ހިންގަ އެވެ. އޭގެ ތެރޭގައި ގިނައީ ޕްރައިވެޓް ޗެނަލްތަކެވެ.