Advertisement

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި؛ އިއްބެ ފާޅުކުރީ ގިނަ ކުޅުންތެރިންގެ ޝުއޫރެއް

24 ޖޫން 2024 - 07:46 1

އައްޒާމް އަލިފުޅު

އ

Advertisement

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޓްރެއިނިންއެއްގެ ތެރެއިން އިއްބެ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި؛ އިއްބެ ފާޅުކުރީ ގިނަ ކުޅުންތެރިންގެ ޝުއޫރެއް

24 ޖޫން 2024 - 07:46 1

Advertisement

ރާއްޖޭގެ ފުރަތަމަ ޑިިވިޝަނުގެ ސީޒަން ފަށާނެ ތާރީހެއް ސީދާ ނޭނގޭއިރު، ފުޓްބޯޅަ އަށް ބަރޯސާވެގެން އާމްދަނީ ހޯދަމުން އަންނަ ކުޅުންތެރިން ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތު، ގައުމީ ޓީމުގެ މިޑްފީލްޑަރު، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ހިއްސާކޮށްފި އެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ދިން ސީޒަން ކަލަންޑަރުގައިވާ ގޮތުން، މި މަހުގެ 15 ވަނަ ދުވަހު ސީޒަން ފަށަން ވަނީ ހިމަނައިފަ އެވެ. އެކަމަކު، އެ ތާރީހުގައި ސީޒަން ހުޅުވަން ޗެރިޓީ ޝީލްޑް މެޗު ކުޅެން ތާވަލުކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އަދި އެއްވެސް ކްލަބަކުން ޕްރެކްޓިހެއް ވެސް ނުފަށަ އެވެ.

Advertisement

ރާއްޖޭގެ ފުޓްބޯޅަ ފީފާގެ ޖަވާބުތަކެއްގެ އިންތިޒާރުގައި

އަންނަ މަހުގެ ދެ ވަނަ ދުވަހަށް ބައްސާމް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރު ހަމަވާއިރު، ފީފާ އާއި އޭއެފްސީން އަންގައިގެން، އޮތީ އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓިފައި. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ގޮންޖެހުން ގިނަ

ރާއްޖޭގެ ފުޓްބޯޅަ ފީފާގެ ޖަވާބުތަކެއްގެ އިންތިޒާރުގައި

އަންނަ މަހުގެ ދެ ވަނަ ދުވަހަށް ބައްސާމް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރު ހަމަވާއިރު، ފީފާ އާއި އޭއެފްސީން އަންގައިގެން، އޮތީ އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓިފައި. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ގޮންޖެހުން ގިނަ

ސީޒަން ފަށާނެ ސީދާ ތާރީހެއް އަދި ނެތް ކަމަށާއި އެކި ކަންކަމާ ގުޅޭގޮތުން ފީފާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްއޭއެމް އިން ވަނީ "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހާމަކޮށްފަ އެވެ.

Advertisement

ފުޓްބޯޅަ ވާނުވާގައި އޮތުމުން، ގިނަ ކުޅުންތެރިން އަންނަނީ އެކި ގޮތްގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ތެރެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު، އިއްބެ، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ޖެހި ޕޯސްޓަކަށް ގިނަ ކުޅުންތެރިން ވަނީ ތަރުހީބު ދީފަ އެވެ.

"ދިވެހި ފުޓްބޯޅަ ސީޒަން ފެށޭނެ ދުވަހެއް އެނގޭ މީހެއް އެބަހުރިބާ؟. ހަމައެކަނި މި ކަމުން އާމްދަނީ ހޯދާ ކިތައް ކުޅުންތެރިން ތިބޭނެބާ؟ މި ކަންކަން ބޮޑު ކަމަކަށް ވެގެން އުޅޭ ތަނެއް ނުފެނޭ އެއްވެސް ބައެއްގެ ފަރާތުން،" މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ޓެގްކޮށް، އިއްބެ، ފޭސްބުކްގައި ލިޔެފައިވެ އެވެ.

"ބަޔަކަށް މިއީ ޖޯކު ކަމަކަށް ވިޔަސް މި ކަމުން އިންކަމް ހޯދާ ޕްލޭޔާސް އަށް މިއީ ވަރަށް ބޮޑު ވޭނެއް. ކާ ބަޔަކު ކައިފައި ވެސް ޕްލޭޔާސް އަށް އެއްޗެއް ލިބޭނެ ގޮތަކަށް މިކަން ރާވާ ހިންގާލަން ވެއްޖެއެއްނު ދެން. ދެން މަ ރޮލާ ކާލާ،"

މީގެ ކުރިން ވެސް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ލަސްވެފައިވެ އެވެ. އެއީ އެކި ފަަހަރުމަތިން ސީޒަން ކަލަންޑަރާއި ފޯމެޓަށް ގެނައި ބަދަލުތަކާ ހުރެ އެވެ. އެކަމަކު، މި ފަހަރު ސީޒަން ފެށުން ލަސްވެގެން އުޅޭއިރު، ސީދާ ފެށޭނެ ތާރީހެއް ބުނެދެވޭނެ ފަރާތެއް ނެތެވެ.

އިއްބެ، 492 ދުވަހަށް ފަހު ރަސްމީ ކްލަބް މެޗަކަށް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަސްއޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، 492 ދުވަހަށް ފަހު ރަސްމީ މެޗަކަށް ނުކުމެ، މުހިންމު ގޯލެއް ޖަހައި، އެ ޓީމު 3-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން ވަނީ މޮޅުކޮށްދީފައި.

އިއްބެ، 492 ދުވަހަށް ފަހު ރަސްމީ ކްލަބް މެޗަކަށް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަސްއޮޑި ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، 492 ދުވަހަށް ފަހު ރަސްމީ މެޗަކަށް ނުކުމެ، މުހިންމު ގޯލެއް ޖަހައި، އެ ޓީމު 3-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން ވަނީ މޮޅުކޮށްދީފައި.

ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު، ޓީމުގައި މުހިންމު ދައުރެއް އަދާކުރި އިއްބެ އަކީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލި އެއް ކުޅުންތެރިޔާ އެވެ.

އިއްބެ އަށް މިދިޔަ ސީޒަނުގައި ރަސްމީ ކްލަބް މެޗެއްގައި ކުޅެވޭގޮތްވީ، 492 ދުވަހަށް ފަހު އެވެ. އެއީ، ފުރަތަމަ ޑިވިޝަނުގައި ކުޅެން ކުރި އިންތިޒާރު ދިގުލައި އެކަން ކާމިޔާބު ނުވުމުންނެވެ. އިއްބެ ވަނީ، އޮޑި ސްޕޯޓްސް ކްލަބް އިން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާުތުގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިދިޔ ސީޒަނުގައި، ލޯން އެއްބަސްވުމެއްގެ ދަށުން، އިއްބެ، އެންމެ ފުރަތަމަ ގުޅުނީ ވެލެންސިއާއާ އެވެ. އެ ޓީމާ އެކު، ޕްރީ ސީޒަން ޕްރެކްޓިހަށް ނުކުމެ، ސީޒަން ތެރޭގައި ވެސް މަސައްކަތް ކުރި އެވެ.

އެކަމަކު، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ވެލެންސިއާ އަށް ފީފާ އިން ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް އިއްބެ އާއި އެ ނޫން ދިވެހި ކުޅުންތެރިއަކު ވެސް ރަޖިސްޓްރީ ނުކުރެވުނެވެ.

ދެ ޓްރާންސްފާ ޕީރިއަޑް ދިޔައިރު ވެސް އިއްބެ އަށް ވެލެންސިއާ ޓީމަށް ކުޅެވޭ ގޮތެއްނުވި އެވެ.

ހދ. ނޮޅިވަރަންފަރަށް އުފަން، އިއްބެ ވަނީ، މިދިޔަ އަހަރުގެ ޖޫން/ޖުލައި މަހު، އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ.

ކްލަބް ލެވަލްގައި އަހަރަކަށް ވުރެ ގިނަ ދުވަހު، މިދިޔަ ސީޒަން ތެރޭގައި ރަސްމީ މެޗެއްގައި އިއްބެ އަށް ނުކުޅެވުނު މައިގަނޑު އެއް ސަބަބަކީ ވެލެންސިއާ އިން އޭނާގެ ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށް ބުނެ، އެކަން ފުރިހަމަ ކޮށްދެވޭގޮތެއް ނުވުމުންނެވެ.

ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލައިގައި، ފީފާ އިން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަ މަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެމްގެ ރައީސްގެ މަގާމުގެ ޒިންމާ ބައްސާމަށް ދެން އަދާކުރެވެން ނެތްއިރު، އޭނާގެ ދެ ވަނަ ދައުރު އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

50.00%

33.33%

16.67%

0.00%

މި ލިޔުން ކިޔާލުމުން


ރެއްކަބޭ

9 months ago

ފުޓުބޯޅަކުޅޭ ހޮބީއެއްގެގޮތުގައި. މިހާރަކުތިކުޅޭ ކުޅުން ބަލާނެ ކުޑަކުއްޖަކުވެސް ރާއްޖޭގައި ނޫޅޭނެ. މުޅިގައުމުގައި ފުޓުސަލްދަނޑު އަޅުވައިގެން އެންމެ މިހާރު ތިޔަކުޅޭނީ ފުޓުސަލް