Advertisement

ޑަކޫ އަށް ދެ މެޗުގެ ސަސްޕެންޝަނެއް، އަލްބޭނިއާ އާއި ކްރޮއޭޝިއާ ޖޫރިމަނާކޮށްފި

24 ޖޫން 2024 - 09:02 0


ޑަކޫ އަށް ދެ މެޗުގެ ސަސްޕެންޝަނެއް، އަލްބޭނިއާ އާއި ކްރޮއޭޝިއާ ޖޫރިމަނާކޮށްފި

24 ޖޫން 2024 - 09:02 0

މިއުނިކް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު އަލްބޭނިއާ އާއި ކްރޮއޭޝިއާ ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން އެ ދެ ޓީމު ޖޫރިމަނާ ކުރިއިރު، އަލްބޭނިއާގެ ފޯވާޑް ޑަކޫ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އަލްބޭނިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ސާބިއާއާ ދެކޮޅަށް އެ ދެ ޓީމުގެ ސަޕޯޓަރުން ފާޅުކުރި ޝުއުރޫތަކާ ގުޅިގެން ހިތްހަމަނުޖެހި، އެ ދެ ޓީމުގެ ސަޕޯޓަރުންނަށް ފިޔަވަޅު ނާޅައިފިނަމަ ޔޫރޯ އިން ވަކިވާނެކަމުގެ އިންޒާރު ސާބިއާ އިން ވަނީ ދީފަ އެވެ. އެ ގޮތުން، އަލްބޭނިއާ އާއި ކްރޮއޭޝިއާ ކުޅުނު މެޗުގައި، އެ ދެ ޓީމުގެ ސަޕޯޓަރުން އެކުގައި ވަނީ ސާބިއާ މީހުން މަރަން ގޮވައިފަ އެވެ.

ޔުއެފާ އިން މި މައްސަލަ ބަަލައި، އަލްބޭނިއާ 25،000 ޔޫރޯ އިން ޖޫރިމަނާކުރިއިރު، ދަނޑުގައި އަލިފާން ބޯޅަ ގެންގުޅުނު މައްސަލައިގައި ވަނީ 22،500 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ. މީގެ އިތުރުން ކްރޮއޭޝިއާ އަށް ދަނޑުގައި އަލިފާން ބޯޅަ ފަދަ ތަކެތި ގެންގުޅުމުން ވަނީ 28000 ޔޫރޯގެ ޖޫރިމަނާއެއް އައިސްފަ އެވެ.

ސާބިއާ މީހުން މަރަން ގޮވުމުގައި، ކްރޮއޭޝިއާ އިން ބައިވެރިވެފައިވާ މިންވަރު ބަލަން ތަހުގީގެއް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އަލްބޭނިއާގެ ފޯވާޑް، މާލިންޑް ޑަކޫގެ މައްސަލަ އެއް ވެސް ޔުއެފާ އިން ބަލައި، ވަނީ ފިިޔަވަޅު އަޅައިފަ އެވެ. އެއީ އަލްބޭނިއާ އާއި ކްރޮއޭޝިއާ 2-2 އިިން އެއްވަރުވި މެޗަށް ފަހު މެގަފޯނަކުން، މެެސެޑޯނިއާ އާއި ސާބިއާ އަށް ބޭއަދަބީ އިބާރާތުން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާ މައްސަލަ އެވެ. މި ކަން ބަލައި، ޔުއެފާ އިން ނިންމީ ޑަކޫ ދެ މެޗަށް ސަސްޕެންޑް ކުރާށެވެ.