Advertisement

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ހަރުގެ ހިންގި ތަނުގައި ޕީއެންސީގެ ހަރުގެ ހުޅުވައިފި

23 ޖޫން 2024 - 21:27 0

ހ.ވެޔޮވިލާގައި ތައްޔާރުކުރި ޕީއެންސީގެ ހަރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ހަރުގެ ހިންގި ތަނުގައި ޕީއެންސީގެ ހަރުގެ ހުޅުވައިފި

23 ޖޫން 2024 - 21:27 0

މައި އިދިކޮޅު ޕާޓީ އެމްޑީޕީއާއި އެފާޓީ ދެބައިވެގެން އުފެއްދި ދަ ޑިމޮކްރެޓްސް އިން ހަރުގެ ހިންގި، ހ.ވެޔޮވިލާގައި، ވެރިކަންކުރާ ޕީއެންސީން ހެދި ހަރުގެ މިރޭ ހުޅުވައިފި އެވެ.

އިދިކޮޅު އެމްޑީޕީ 2018 ވަނަ އަހަރު ދެވަނަ ފަހަރަށް ވެރިކަމަށް އައުމާ ހަަަމައަށް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ ހަރުގޭގަައި ސިޔާސީ ގިނަ ހަރަކާތްތަކެއް ހިންގި އެެވެ. އޭގެ ފަހުން އެމްޑީޕީ ވެރިކަަމަށް އައިސް، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދި އިރު ވެސް އެޕާޓީގެ ހަރަކާތްތައް ހިންގީ އެހަރުގޭގަ އެެވެ.

އެހައިތަނަށް ވެސް އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސްް މުހައްމަދު ނަޝީދު ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާޕާޓީއެއް އުފެއްދުމާ އެކު ހަރުގެ ބަދަލުވީ "ހައުސް އޮފް ޑިމޮކްރެޓްސް" އަށެވެ.

އެތަން ޑިމޮކްރެޓްގެ އަތުން ނަގައި ޕީއެންސީއަށް ކުއްޔަށް ދިނީ މިދިޔަ މެއި މަހުގެ ފަހުކޮޅުގަ އެވެ.

އެތަނުގައި ތައްޔާރުކުރި "ޕީއެންސީ ހަރުގެ" މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އެމަނިކުފާނަކީ ޕީއެންސީގެ ވެސް ރައީސެވެ.

ހަރުގެ ހުޅުވަން ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.